މާދަމާ ދެކުނާއި މެދު ރާއްޖެތެރެއަށް ވިއްސާރަ ކުރާނެ: މެޓް

މާދަމާ ދެކުނާއި މެދު ރާއްޖެތެރެއަށް ވިއްސާރަ ކުރާނެ: މެޓް

ހޫނު ގަދަ ދުވަސްތަކަކަށް ފަހު، މާދަމާ އިން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އިން ލަފާކޮށްފިއެވެ.

މެޓުން ބުނި ގޮތުގައި، މިއަދު ދެކުނުގެ ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ގުގުރުން ވެސް އެކަށީގެންވެއެވެ. މާދަމާ އާއި އަންގާރަ ދުވަހު ދެކުނާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބުރާސްފަތި ދުވަހު ވިއްސާރަ ކުރާނީ ދެކުނަށް އެކަނި ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

ނަމަވެސް، އުތުރަށް ވިއްސާރަ ނުފޯރި ހޫނު ހިފެހެއްޓިގެން ހުންނާނެ ކަމަށް މެޓުން ލަފާކުރެއެވެ. ހޫނު މޫސުުމް ނިމެންދެން ދޭތެރެ ދޭތެރެއިން ވިއްސާރަ ކުރިޔަސް، އޭޕްރީލް މަސް ނިޔަލަށް ހޫނުގަދަވާނެ ކަމަށް ވެސް މެޓުން ފާހަގަ ކޮށްފައިވެއެވެ.

ފާހަގަ ކޮށްލެވޭ ކަމަކީ، ފާއިތުުވި ދުވަސްތަކުގައި ހޫނުމިން ވަރަށް ބޮޑަށް ބޭތިއްލެވިގެން ދިޔަ ކަމެވެ. ހާއްސަކޮށް، ގާތްގަނޑަކަށް 37 ޑިގްރީ ސެލްސިއަސްގެ ހޫނެއް ރޭ ވެސް ވަނީ ރިކޯޑުކުރެވިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *