އީދު ބައިބަލާ ޗެލެންޖު 1447: ޒެޕޯ އާއި ބީޖީ ފައިނަލަށް

އީދު ބައިބަލާ ޗެލެންޖު 1447: ޒެޕޯ އާއި ބީޖީ ފައިނަލަށް

އީދު ބައިބަލާ ޗެލެންޖު 1447 ގެ ފޯރިގަދަ މެޗުތަކަކަށް ފަހު، މުބާރާތުގެ ފައިނަލްގެ ދެ ޖާގަ ޒެޕޯ ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް ކްލަބުން ކަށަވަރު ކޮށްފި އެވެ.

ޒެޕޯ ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުުރު ކުރީ ކުއާޓާ ފައިނަލުގައި ކްލަބް ކާސިންޖީ ބަލިކުރުމަށް ފަހު، ސެމީ ފައިނަލުގައި އޮޑި ސްޕޯޓްސް ކްލަބް ކާމިޔާބު ކޮށްގެންނެވެ. ސެމީ ފައިނަލް، ފުރަތަމަ ގޭމް ކާމިޔާބު ކުރީ އޮޑިންނެވެ. ނަމަވެސް ދެ ވަނަ ގޭމްގައި، މެޗު ނިމެން 14 ސިކުންތަށް ވެފައި ވަނިކޮށް ޒެޕޯ އިން 7-5 އިން ކުރި ހޯދި އެވެ. ގަދަ ހިފުމަށް ގޮސް، ފަސް ވަނަ ބުރުގައި ގުރު ދިމާވުމުން ބޭރުން އެރި ޒެޕޯ ވަނީ ފައިނަލްގެ ޖާގަ ޔަގީންކޮށްފަ އެވެ.

ބައިބަލާގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބީޖީ ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުުރު ކުރީ ކުއާޓާ ފައިނަލުގައި ކްލަބް ޒެފްރޯލް ބަލިކޮށް، ސެމީ ފައިނަލުގައި ދަ ވުލްވްސް ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ވުލްވްސް ފުރަތަމަ ގޭމް ގެންދިޔަ ނަމަވެސް، ބީޖީ އިން ދެ ވަނަ ގޭމް 8-7 އިން ކާމިޔާބުކޮށް މެޗު ގަދަ ހިފުމަކަށް ގެންދިޔަ އެވެ. ގަދަ ހިފުމުގެ ފަސް ވަނަ ބުރުގައި ގުރު ދިމާވުމުން ބޭރުން ވަތް ބީޖީ ވަނީ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފަ އެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގަ އެވެ. ފައިނަލްގައި ބައްދަލު ކުރާނީ ޒެޕޯ ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް ކްލަބެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *