ހަނގުރާމަ ހުއްޓާލުމުގެ ކޮންމެ ނިންމުމެއްގައި ރައްޔިތުންގެ ސަލާމަތާއި މަސްލަހަތު ކަށަވަރު ކުރަންޖެހޭ: އީރާނުގެ ރައީސް

ހަނގުރާމަ ހުއްޓާލުމުގެ ކޮންމެ ނިންމުމެއްގައި ރައްޔިތުންގެ ސަލާމަތާއި މަސްލަހަތު ކަށަވަރު ކުރަންޖެހޭ: އީރާނުގެ ރައީސް

އެމެރިކާ އާއި އިސްރާއީލާއެކު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ނިންމާ ކޮންމެ ނިންމުމަކީ އީރާނުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އަދި އެމީހުންގެ މަސްލަހަތުތައް ކަށަވަރުކޮށްދޭ ނިންމުމަކަށް ވާންޖެހޭނެ ކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޕެޒެޝްކިއަން ވިދާޅުވީ، ގައުމަށް ދިމާވެފައިވާ މި ނާޒުކު ދަނޑިވަޅުން އަރައިގަތުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެންދިޔައީ އީރާނުގެ އަސްކަރިއްޔާއިން ދެއްކި ސާބިތުކަމާއި، ރައްޔިތުންގެ މެދުގައި އޮތް ވަރުގަދަ ގައުމީ އެއްބައިވަންތަކަމުގެ ސަބަބުން ކަމަށެވެ.

އީރާނުގެ އެކި ސިޓީތަކުގައި ސަރުކާރަށް ތާއީދުކޮށް ބާއްވަމުންދާ އެއްވުންތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، މިފަދަ އެއްވުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި އީރާނުގެ މަގާމު ވަރުގަދަވެގެންދާ ކަމަށެވެ. "އިރާކޮޅު ރައްޔިތުން އެއްވެ ދައްކާ ހިތްވަރަކީ ވަރަށް އަގުހުރި ކަމެއް. އީރާނަކީ މިނިވަންކަމަށް މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ހިތްވަރުލިބޭ ގައުމެއް،" އޭނާ ވިދާޅުވިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އިސްރާއީލާއި އެމެރިކާއިން އީރާނަށް ދޭންފެށި ހަމަލާތަކާއެކު މުޅި ސަރަހައްދުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މި ހަމަލާތަކުގައި މިހާތަނަށް 1,340 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވެސް ހިމެނިވަޑައިގަންނަވައެވެ.

މީގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ އިސްރާއީލަށާއި، އުރުދުން، އިރާގު އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ގައުމުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކަށާއި ވައިގެ ދަތުރުފަތުރަށް ވެސް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.

މި ހަމަލާ ބަދަލުކުރުންތަކުގެ ތެރޭގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން މަޝްވަރާގެ މޭޒަށް ނައިސްފިނަމަ އެ ގައުމުގެ ހަކަތަ އުފައްދާ މަރުކަޒުތަކާއި ފެން ސާފުކުރާ ނިޒާމުތައް ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

ނަމަވެސް އީރާނުގެ ރައީސްގެ ވާހަކަފުޅުން ދޭހަވަނީ، ބޭރުގެ އެއްވެސް ފިއްތުމަކަށް ދޫނުދީ، ރައްޔިތުންގެ ހައްގުތަކާއި ސަލާމަތް ކަށަވަރުނުވާ ގޮތަކަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އީރާނުން ނުދާނެ ކަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *