58 ބަންކަރިން ހިދުމަތުން 514 މިލިއަން ރުފިޔާ ލިބިއްޖެ: އެސްޓީއޯ

58 ބަންކަރިން ހިދުމަތުން 514 މިލިއަން ރުފިޔާ ލިބިއްޖެ: އެސްޓީއޯ

ރާއްޖޭގެ ބަންކަރިން ހިދުމަތުން މިހާތަނަށް 514 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެސްޓީއޯ އިން ހާމަކޮށްފިއެވެ.

ޓެކުހުގެ ގޮތުގައި 47 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ސަރުކާރުން އިހަވަން ދިއްޕޮޅުގައި ފެށި ބަންކަރިން މަޝްރޫއަކީ ރާއްޖޭގެ އިގުތިސާދަށް ބޮޑު ބަދަލެއް ގެނުވާނެ ކަމަށް ބެލި، ފާއިތުވި ދުވަސްތަކުގައި ބޮޑު ތަރުހީބެއް ލިބެމުން ދިޔަ ވިޔަފާރި ހިދުމަތެކެވެ.

ނެދަލޭންޑްސްގެ ވިޓޯލް ކުންފުންޏާ ގުޅިގެން ހިންގަމުންދާ މި ހިދުމަތް ފެށި ދުވަސްވަރު ލަފާ ކުރެވިގެންދިޔައީ އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭނެ ކަމަށެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިގްތިސޯދީ ތަރައްގީ އާއި ވިޔަފާރި ވަޒީރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި، 2024 ވަނަ އަހަރު ހަމައެކަނި ޑެލިވަރީ މެޓްރިކް ޓަނުން ބެލިޔަސް 55،000 ޓަން ބަންކަރިން ހިދުމަތުގައި ދައުރުކޮށްފައިވެއެވެ. ހިދުމަތް ފެށިގެން ދިޔައީ 2024 ވަނަ އަހަރު އޮކްޓޫބަރު މަހުންނެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ބިން ހިއްކައި ސްޓޯރޭޖް ފެސިލިޓީ ގާއިމް ކުުރެވިއްޖެ ނަމަ ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރު ކުރެވޭނެ ކަމަށެވެ.

ސަރުކާރުން ދެކޭ ގޮތުގައި ބަންކަރިން ސިނާއަތް ރަނގަޅަށް ތަރައްގީ ވެއްޖެ ނަމަ ރާއްޖޭގެ ވިޔަފާރި ދާއިރާ އިތުރަށް ފުޅާ ވެ ގައުމަށް ދިގު މުއްދަތެއްގައި ފައިދާ ކުރާ ހިދުމަތަކަށް ވެގެންދާނެ ކަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *