އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކުގައި ބައިވެރިނުވާ ގައުމުތަކުގެ އުޅަނދުތަކަށް، ކަމާ ބެހޭ ސަލާމަތީ ގަވާއިދުތަކަށް ބޯލަނބާ ނަމަ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރެވޭނެ ކަމަށް އީރާނުން ރަސްމީކޮށް ހާމަކޮށްފި އެވެ.
އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) އިން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، އީރާނުގެ ފޮރިން މިނިސްޓްރީން ފޮނުވި ރަސްމީ ބަޔާނެއްގައި ވަނީ ހަމަލާތަކުގައި ބައިވެރިނުވާ "ދުޝްމަނު ނޫން" ގައުމުތަކުގެ އުޅަނދުތަކަށް، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ރައްކާތެރިކަމާ އެކު ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރެވޭނެ ކަމަށެވެ.
ނަމަވެސް، އެމެރިކާ އާއި އިޒްރޭލަށް ނިސްބަތްވާ އެއްވެސް އުޅަނދެއް، ނުވަތަ ހަމަލާތަކުގައި ބައިވެރިވާ ފަރާތްތަކުގެ އުޅަނދުތަކަށް، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދައެއް ނޯންނާނެ ކަމަށް އީރާނުން ވަނީ ސާފުކޮށްފަ އެވެ. ހޮރްމޫޒް ސަރަހައްދުގައި ނުތަނަވަސްކަން ބޮޑުވެ ތެލާއި ގޭހުގެ ބާޒާރަށް ގެއްލުން ލިބިފައިވަނީ، ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން ދޭ ހަމަލާތަކާ ގުޅިގެން ކަމަށް، އީރާނުން ތުުހުމަތުކުރެ އެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ހަމަލާތަކާ ބައިވެރިނުވާ ގައުމުތަކަށް ލުޔެއް ދިނުމަށް ނިންމި މި ނިންމުމަށް ފަހު ވެސް، ސަރަހައްދީ ހާލަތު ވަނީ ނިހާޔަތަށް ނުތަނަވަސްވެ ނާމާންވެފަ އެވެ.





