ޕުޓިންގެ މެސެޖެއް އީރާނުގެ ރައީސަށް: ވަފާތެރި ރަޙްމަތެރިއެއްގެ ގޮތުގައި ދެމިއޮންނާނަން

ޕުޓިންގެ މެސެޖެއް އީރާނުގެ ރައީސަށް: ވަފާތެރި ރަޙްމަތެރިއެއްގެ ގޮތުގައި ދެމިއޮންނާނަން

ރަޝިއާގެ ރައީސް ލަޑިމިއަރ ޕުޓިން، ނޫރޫޒް (ޕާޝިއަން އާ އަހަރު) ގެ ތަހުނިޔާ ފޮނުވަމުން، އިރާނަކީ ރަޝިއާގެ ވަފާތެރި ރަހްމަތްތެރިއެއް ކަމަށް ވިދާޅުވެއްޖެއެވެ.

އިރާނުގެ ރައީސް މަސްޢޫދު ޕަޒެޝްކިޔާންއަށް ފޮނުއްވި މެސެޖެއްގައި ޕުޓިން ވިދާޅުވީ، "ތެހެރާންގެ ވަފާތެރި ރަހްމަތްތެރިއެއްގެ ގޮތުގައި ރަޝިއާ ދެމިތިބޭނެ،" ކަމަށެވެ. މި ވާހަކަ ރިޕޯޓްކުރީ އިރާނުގެ މެހްރ ނިއުސް އެޖެންސީންނެވެ.

އިރާނުގެ ރައީސް ޕަޒެޝްކިޔާން އަށް ފޮނުއްވި ތަހުނިޔާ މެސެޖެއްގައި ޕުޓިން ވިދާޅުވީ ހަނގުރާމައިގެ ދަތި ހާލަތުން ކެރިގެން ގިރާ ކުރުމަށް އިރާނުގެ ރައްޔިތުންނަށް ހެޔޮ ދުއާ ދެއްވާ ކަމަށެވެ.

އީރާނުގެ މެހެރް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕޫޓިން ވިދާޅުވީ ތެހެރާންގެ ވަފާތެރި އެކުވެރިއެއްގެ ގޮތުގައި ރަޝިއާ ދެމިއޮންނާނެ ކަމަށެވެ. އަދި، މި ދަތި ހާލަތު ހިތްވަރާ ގަދަ ކެތްތެރިކަމާ އެކު އީރާނުގެ ރައްޔިތުންނަށް ގިރާ ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ރަޝިއާ އަކީ ބައިނަލްއަގްވާމީ ދުނިޔޭގައި އީރާނަށް ތާއީދު ކުރާ އެންމެ ނުފޫޒުގަދަ ގައުމުތަކުގެ ތެރެއިން ގައުމެކެވެ. އެ ގައުމުން ވަނީ، އެމެރިކާ އާއި އިސްރާއީލުން ހިންގާ ހަނގުރާމައިގެ އަމަލުތައް ތަކުރާރުކޮށް ކުށްވެރިކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *