ރޭގެ ހަމަލާތަކާއި ގުޅިގެން ނަތަންޔާހޫ: "ރެއަކީ ވަރަށް އުނދަގޫ ރެއެއް"

ރޭގެ ހަމަލާތަކާއި ގުޅިގެން ނަތަންޔާހޫ: "ރެއަކީ ވަރަށް އުނދަގޫ ރެއެއް"

އިސްރާއީލުގެ ދެ ސިޓީއެއް ކަމަށްވާ އަރާދު އަދި ދިމޯނާއަށް އީރާނުން ދޭ ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން، އެ ގައުމުން ތަހައްމަލު ކުރީ "ވަރަށް އުނދަގޫ ރެއެއް" ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

ސްކައި ނިއުސް އާއި ގަޒެޓާ އެކްސްޕްރެސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އަދި ހަމަލާތަކުގެ ސަބަބުން ބޮޑެތި އަލިފާނުގެ ހާދިސާތައް ހިނގައި، އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުގެ އެމްބިއުލާންސް ސާވިސްއިން އެންމެ ފަހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، އަރާދު ސިޓީން އެކަނިވެސް 64 އަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. މީގެ ތެރެއިން ހަތް މީހެއްގެ ހާލު ސީރިއަސް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ އޭނާ އެ ސަރަހައްދު ތަކުގެ ލޯކަލް ލީޑަރުންނާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި "ހުރިހާ ފްރަންޓެއްގައިވެސް ދުޝްމަނުންނަށް ހަމަލާދިނުމުގައި ދެމިހުންނާނެ" ކަމަށް ވިދާޅުވެ، ހަމަލާތައް ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

އީރާނުން ދޭ ވަނީ އިޒްރޭލުގެ ނިއުކްލިއަރ މައި ސަރަހައްދަށް ވެސް މިސައިލުން ވަރުގަދަ ހަމަލާތަކެއްދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *