އިންސާނިއްޔަތުގެ ނަމޫނާ ޑރ. ޙުސާމް އަބޫ ސަފިއްޔާ ކުށެއްނެތި ބަންދުގައި ހުންނަތާ 15 މަސް

އިންސާނިއްޔަތުގެ ނަމޫނާ ޑރ. ޙުސާމް އަބޫ ސަފިއްޔާ ކުށެއްނެތި ބަންދުގައި ހުންނަތާ 15 މަސް

ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލުގެ ޑައިރެކްޓަރު، ޑރ. ޙުސާމް އަބޫ ސަފިއްޔާ އަކީ މިއަދު މުޅި ދުނިޔެއަށް ހުރި އިންސާނިއްޔަތުގެ މަތިވެރި މިސާލެކެވެ. ނަމަވެސް، އެއްވެސް ރަސްމީ ދަޢުވާއަކާ ނުލައި އޭނާ ބަންދުގައި ހުންނަތާ މިހާރު 15 މަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ޑރ. ޙުސާމް ބަންދު ކުރެވިފައިވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް، އެއްވެސް ކުށެއްގެ ތުހުމަތެއް ނެތިއެވެ. އޭނާގެ ހަމައެކަނި "ކުށަކީ" ހަނގުރާމައިގެ އެންމެ ނުރައްކާތެރި ވަގުތު ތަކުގައިވެސް، އަމިއްލަ ފުރާނައަށް ބެލުމެއްނެތި ބަލިމީހުންނަށް ޚިދުމަތް ކުރުމުގައި ދެމިހުރުމެވެ.

ޣައްޒާގެ ހޮސްޕިޓަލް ތަކަށް ދެމުންދިޔަ ހަމަލާތަކާއި، ބޭސް ފަރުވާއަށް ޖެހިފައިވާ ދަތި ހާލަތުގައިވެސް ޑރ. ޙުސާމް އިޚްތިޔާރުކުރީ އޭނާގެ ބަލިމީހުން ދޫކޮށް ނުދިއުމަށެވެ.
އާއިލީ ބޮޑެތި ހިތާމަތަކާއި ކުރިމަތިލާންޖެހުނު އިރުވެސް، އޭނާ ދިޔައީ ހޮސްޕިޓަލުގައި ހުރި ކޮންމެ ކުޑަކުއްޖަކާއި ބަލިމީހަކަށްޓަކައި މަސައްކަތް ކުރަމުންނެވެ.

މަރުގެ ތުންފަތްމަތީގައި ތިބި މީހުންނަށް އެހީތެރިވުމަށް އޭނާ ދެއްކި ސާބިތުކަމަކީ މުޅި އިންސާނިއްޔަތަށް ހުރި ނަމޫނާއެކެވެ.

"އަޅުގަނޑުމެންގެ ބަލިމީހުންނާއި މި ހޮސްޕިޓަލް ދޫކޮށްލާފައި ދިއުމަކީ އަޅުގަނޑުމެންގެ ޟަމީރު ގަބޫލުކުރާނެ ކަމެއް ނޫން." މިއީ އޭނާގެ ހިތްވަރުގަދަ ބަސްތަކެވެ.

ޑރ. ޙުސާމް އަބޫ ސަފިއްޔާ އަކީ ހަމައެކަނި ޑޮކްޓަރެއް ނޫނެވެ. އޭނާއަކީ އަނިޔާވެރިކަމާ ދެކޮޅަށް އިންސާނިއްޔަތުކަން އިސްކުރި ބަތަލެކެވެ. އޭނާ މިނިވަން ކުރުމަށް ގޮވާލާ އަޑުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ގަދަވަމުންނެވެ. އޭނާ އެ ދޫކޮށް ނުލި ބަލިމީހުންނާއި އިންސާނިއްޔަތަށްޓަކައި، މިއަދު އަޅުގަނޑުމެން އޭނާ ދޫކޮށްލައިގެން ނުވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *