އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި "ފެންނަ" ކަމަށް ވޯޓު ދިނުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ތާއީދު ކޮށްފިއެވެ.
ވޯޓަކީ ރިޔާސީ އިންތިޚާބާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުުގައި ބޭއްވުމާ، މަޖިލީހުގެ ދައުރު ގުނާ ގޮތް ސާފު ކުރުމަށް ގެންނަ ޤާނޫނުއަސާސީގެ 8 ވަނަ އިޞްލާޙު ތަޞްދީޤުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެކެވެ.
އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޤައުމާ ރައްޔިތުންގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ވޯޓުން "ފެންނަ" ކަމަށް ފާސްކޮށްފައިވާ ކަމަށެވެ.
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ޤާނޫނު އަސާސީއަށް ވަނީ އިސްލާޙު ގެނެސްފަ އެވެ. އެ އިސްލާޙު ތަސްދީޤު ކުރެއްވުމުގެ ކުރީން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ މަހުގެ ހަތަރުވަނަ ދުވަހު ކުރިއަށް ގެންދަން ވަނީ ތާވަލު ކޮށްފަ އެވެ.
އެ ވޯޓްގައި "ފެންނަ" ކަމަށް ވޯޓްލާން އަދާލަތު ޕާޓީގެ އިތުރުން ސަަރުކާރު ހިންގާ ޕީއެންސީއާ ޖުމްހޫރީ ޕާޓީއާ އެމްޑީއޭ އިން ވެސް ވަނީ ރައްޔިތުންގެ ކިބައިން އެދިފަ އެވެ.
ނަމަވެސް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި ކުރީ ރައީސް ޢަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ވަނީ ކޮންގްރެސް ޕާޓީގެ ހުށަހެޅުމާ ދެކޮޅަށް ތެދުވެފައެވެ. އެ ދެ ޕާޓީއިން ވެސް ދަނީ ވޯޓުގައި "ނުފެންނަ" ކަމަށް ކެމްޕޭންކޮށް، ރައްޔިތުންގެ ހޭލުންތެރިކަން ވެސް އިތުރު ކުރަމުންނެވެ.





