މޮސާޑުގެ 50،000 އަށްވުރެ ގިނަ ސިއްރު ފައިލް ހެކްކޮށް އާންމު ކޮށްފި

މޮސާޑުގެ 50،000 އަށްވުރެ ގިނަ ސިއްރު ފައިލް ހެކްކޮށް އާންމު ކޮށްފި

އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުގެ 50،000 އަށްވުރެ ގިނަ ސިއްރު ފައިލް ހެކްކޮށް އާންމުކޮށްފިއެވެ. މި ހަމަލާ ދީފައިވަނީ އީރާނަށް ނިސްބަތްވާ ހެކަރުންގެ ގްރޫޕެއް ކަމަށްވާ 'ހަންޑަލާ' ގްރޫޕުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހެކް އެޓޭކް އަމާޒުކޮށްފައިވަނީ، ކުރިން މޮސާޑުގެ ބަޖެޓް ޑައިރެކްޓަރުގެ މަގާމު ފުރުއްވާފައިވާ، އަދި މިހާރު އައި.އެން.އެސް.އެސްގެ ފައިނޭންސް ހެޑްގެ މަގާމުގައި ހުންނެވި އީލާން ސްޓައިނާ ގެ ނިޒާމަށެވެ.

ލީކުވި ފައިލްތަކުގެ ތެރޭގައި މޮސާޑުން ހިންގި ސިއްރު އޮޕަރޭޝަންތަކާއި، ދުނިޔޭގެ އެކި ގައުުމުތަކުގައި ގާއިމުކޮށްފައިވާ ޖާސޫސީ ނެޓްވޯކްތަކުގެ ތަފްސީލު ހިމެނޭ ކަމަށް ވެއެވެ. އަދި ޒަޔަނިސްޓުންނަށް ވާގިވެރިވާ ފަރާތްތަކާއި، ފައިސާ ދައުރުވާ މަގުތަކުގެ އިތުުރުން ސަރަހައްދީ ހަމަޖެހުުން ނަގާލުުމަށް ރޭވިފައިވާ ރޭވުންތަކުގެ މައުުލޫމާތުވެސް ލީކުވި ފައިލްތަކުގައި ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ތެލް އަވީވްގެ ސަލާމަތީ ދާއިރާތަކަށް ބޮޑު ނުުތަނަވަސްކަމެއް ވެރިވެފައިވާ މި ހާދިސާއަކީ، ފަހުުގެ ތާރީޚުުގައި އިޒްރޭލުގެ ޖާސޫސީ އިދާރާއަކަށް ކުރިމަތިވި އެންމެ ބޮޑު އެއް ސައިބަރ ހަމަލާ ކަމަށް ބެލެވެއެވެ. މިކަމާ ގުުޅިގެން އިޒްރޭލުގެ ރަސްމީ އިދާރާތަކުން އަދި ވަކި ބަހެއް ބުނެފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *