އީރާނުގެ 56 ތާރީހީ ތަނަކަށް ގެއްލުން، ޔުނެސްކޯއިން ކަންބޮޑުުވުން ފާޅުުކޮށްފި

އީރާނުގެ 56 ތާރީހީ ތަނަކަށް ގެއްލުން، ޔުނެސްކޯއިން ކަންބޮޑުުވުން ފާޅުުކޮށްފި

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކުގައި އެ ގައުމުގެ 56 އާސާރީ އަދި ތަރިކައިގެ ބިނާތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް އީރާނުގެ ސަގާފަތާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ވެރިރަށް ތެހެރާނުގެ 19 ބިނާ އަކަށް ކަމަށާއި، ކުރުދިސްތާން ސަރަހައްދުން ވެސް 12 ތަނަކަށް ގެއްލުން ލިބިފައިވާ ކަމަށް ވުޒާރާއިން ބުުންޏެވެ. ގެއްލުުން ލިބުުނު ތަންތަނުުގެ ތެރޭގައި، 16 ވަނަ ގަރުުނުުގެ ތާރީހެއް ލިބިފައިވާ ގާޖާރު ދަރިކޮޅުގެ ރަސްމީ ގަނޑުވަރު "ގުލިސްތާން ޕެލަސް" އާއި ތެހެރާނުގެ "ގްރޭންޑް ބާޒާރު" ހިމެނެ އެވެ.

ހަމަލާތަކުުގެ ގޮވުުންތަކާއި ޝޮކްވޭވްތަކުުގެ ސަބަބުުން އެ ތަންތަނުުގެ އޮނިގަނޑަށާއި ފަންނީ ޒީނަތްތެރިކުުރުުމުުގެ މަސައްކަތްތަކަށް ބޮޑެތި ގެއްލުުންތައް ލިބިފައިވާ ކަމަށް ވުޒާރާ ބުުންޏެވެ.

ސަގާފީ ތަރިކަ ހިމާޔަތްކުުރާ ބައިނަލްއަގްވާމީ އިދާރާ ޔުުނެސްކޯ އިން ވަނީ މި ކަމުުގައި ކަންބޮޑުުވުން ފާޅުުކޮށްފަ އެވެ. އީރާނުުން ވަނީ ތަޖުުރިބާކާރުުން ވަގުުތުުން ފޮނުުވުުމަށާއި ބިނާތައް ސަލާމަތްކުުރުުމަށް ބައިނަލްއަގްވާމީ ނިޒާމުުތައް ހަރަކާތްތެރިކުުރުުމަށް ޔުުނެސްކޯ ގެ ކިބައިން ރަސްމީ ގޮތުުން ގޮވާލާފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *