1،200 އަށް ވުރެ ގިނަ ފަތުރުވެރިންނާއެކު "ވައިކިންގ ސްކައި" މާލެ ބަނދަރު ކޮށްފި

1،200 އަށް ވުރެ ގިނަ ފަތުރުވެރިންނާއެކު "ވައިކިންގ ސްކައި" މާލެ ބަނދަރު ކޮށްފި

ސްރީލަންކާގެ ކޮޅުނބުން ފުުރި ލަގްޒަރީ ކްރޫޒް ލައިނާ "އެމް.އެސް ވައިކިންގ ސްކައި" މިއަދު މާލެ ބަނދަރުުކޮށްފި އެވެ.

މި އުުޅަނދުުގައި ދަތުުރުުކުރި 734 ފަސިންޖަރުުންނާއި 476 ފަޅުުވެރިންނަށް، މޯލްޑިވްސް އިމިގްރޭޝަންގެ ސީޕޯޓް ޑިވިޒަންގެ އޮފިސަރުުން ވަނީ ދަތުުރުުމަތީގައި "އެން-ރޫޓް" ކްލިއަރެންސް ދީފަ އެވެ. މިއީ ބަނދަރުުކުުރުމާ އެކު ލަހެއް ނެތި ފަތުުރުުވެރިންނަށް ރާއްޖޭގެ ތަޖުރިބާ ފެށޭ ގޮތް ހެދުުމަށް ދެވޭ ހާއްސަ ހިދުުމަތެކެވެ.

ފަތުުރުުވެރިން މިއަދު މާލެ އާއި ކައިރި ސަރަހައްދުތަކަށް ޒިޔާރަތްކޮށް ރާއްޖޭގެ ސަގާފަތާއި ތަބީއީ ރީތިކަން ތަޖުރިބާ ކުުރާނެ ކަމަށް ބެލެވެ އެވެ.

ރާއްޖެ އަންނަ ކްރޫޒް ލައިނާތަކުުގެ އަދަދު ދިޔައީ ދުުވަހުުން ދުވަހަށް އިތުުރުުވަމުުންނެވެ. ސަރުކާރުުން ވަނީ ކްރޫޒް ޓޫރިޒަމް ފުޅާ ކުުރުމުުގެ ގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ހާއްސަ ޖެޓީތަކެއް ތަރައްގީ ކުުރުމުުގެ މަޝްރޫއެއް ފަށާފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *