ހަނގުރާމައިގެ ގެއްލުން ކުޑަ ކުރަން 100 މިލިއަން ޑޮލަރުގެ ލޯނެއް ހޯދަނީ

ހަނގުރާމައިގެ ގެއްލުން ކުޑަ ކުރަން 100 މިލިއަން ޑޮލަރުގެ ލޯނެއް ހޯދަނީ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް 100 މިލިއަން ޑޮލަރު (1.54 ބިލިއަން ރުފިޔާ) ގެ ލޯނެއް ހޯދުމުގެ މަސައްކަތް ކާމިޔާބުވެފައިވާ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ވަޒީރުންގެ ޚާއްސަ ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ، ހަނގުރާމައާ ގުޅިގެން ތެލަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑުވެ، ރާއްޖެ އަންނަ ފަތުރުުވެރިންގެ އަދަދު ވެސް ދަށްވަމުުންދާ ކަމަށެވެ.

ހަނގުރާމަ ފެށުމުގެ ކުުރިން ދުުވާލަކު 60 ފްލައިޓް ރާއްޖެ އައި ނަމަވެސް، މިހާރު ކޮންމެ ދުުވަހަކު 19-20 ފްލައިޓް ކެންސަލްވާ ކަމަށް ވިދާޅުުވި އެވެ. ހާއްސަކޮށް ގެއްލެނީ މެދުުއިރުުމަތީ ގައުުމުތަކުުން ތާވަލުުކޮށްފައިވާ ދަތުރުުތަކެވެ.

ހަނގުރާމަ މަހެއްހާ ދުުވަހަށް ދިގުުދެމިގެން ހިނގައްޖެ ނަމަ 85 ން 100 މިލިއަން ޑޮލަރާ ދެމެދުުގެ ގެއްލުުމެއް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވިދާޅުުވި އެވެ. ހަނގުރާމަ ދެވަނަ ހަފްތާ ވެސް ހަމަލާތައް ވަރުުގަދަ ކުުރަމުުންދާ ދަނޑިވަޅުުގައި، ލޯނު ނެގުުމައް ރައީސުުލްޖުމްހޫރިއްޔާގެ ހުުއްދަ ހޯއްދެވުުމަށް ސިޓީ ފޮނުވާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުުވި އެވެ.

ރާއްޖެ ކުުރިމަތިވެދާނެ ކޮންމެ ހާލަތަކަށް ފުުރިހަމައަށް ތައްޔާރުުވަމުުންދާ ކަމުގެ ޔަގީންކަން ދެއްވަމުުން ޒަމީރު ވިދާޅުުވީ، ހަނގުރާމަ ދިގުުދެމިގެން ދިޔަ ނަމަވެސް ރާއްޖެ ހިންގުުމަށް ބޭނުުންވާ ވަސީލަތްތައް ކަށަވަރުު ކޮށްދެވޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *