ހަނގުރާމައިގެ ސަބަބުން ވޯލްޑް ކަޕްގައި ބައިވެރިނުވާން އީރާނުން ނިންމައިފި

ހަނގުރާމައިގެ ސަބަބުން ވޯލްޑް ކަޕްގައި ބައިވެރިނުވާން އީރާނުން ނިންމައިފި

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ޖޫން 12 ގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި ބައިވެރިނުވުމަށް އިރާނުން ނިންމައިފި އެވެ.

މި ނިންމުން ހާމަ ކުރެއްވީ އިރާނުގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު ޑޮންޔާމާލީ އެވެ. ގައުމީ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ހަނގުރާމައިގެ ހާލަތުގައި ކުޅުންތެރިން އެމެރިކާއަށް ފޮނުވުމަކީ ސަލާމަތާ ރައްކާތެރިކަމަށް ބޮޑު ނުރައްކަލެއް ކަމަށެވެ. ސުޕްރީމް ލީޑަރު އަލީ ހާމަނާއީ ހަނގުރާމައިގެ ތެރޭގައި ދިން ހަމަލާއެއްގައި އަވަހާރަވެ، ދަރިކަލުން މުޖްތަބާ ހާމަނާއީ ވެރިކަމަށް ވަޑައިގެންފައިވާ ދަނޑިވަޅެއްގައި، ދުޝްމަން ގައުމެއްގައި ކުޅުުންތެރިންގެ ރައްކާތެރިކަން ކަށަވަރުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޯލްޑް ކަޕްގައި އިރާން ހިމެނިފައިވަނީ ގްރޫޕް ޖީގައި، ބެލްޖިއަމް، އިޖިޕްޓް، އަދި ނިއުޒީލެންޑާ އެކު އެވެ. ތިން މެޗުވެސް ތާވަލު ކޮށްފައި އޮތީ އެމެރިކާގަ އެވެ. އިރާން ވަކިވެއްޖެ ނަމަ، ގްރޫޕާ މެދު ގޮތެއް ނިންމުން ފީފާއަށް ދޫކޮށްލެވޭ ނެވެ. ފީފާ އަށް ރަސްމީ ހުށަހެޅުމެއް ލިބިފައިވާ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

ފެބްރުއަރީ 28 ގައި ފެށި ހަނގުރާމަ އަހަރެއްހާ ދުވަހަށް ދިގުދެމިދާނެ ކަމަށް ތަޖުރިބާކާރުން ލަފާ ކުރާ ކަން ފާހަގަ ކޮށްލެވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *