މުޖުތަބާ ޚާމަނާއީގެ ވަރުގަދަ އިންޒާރެއް އިޒްރޭލާއި އެމެރިކާއަށް

މުޖުތަބާ ޚާމަނާއީގެ ވަރުގަދަ އިންޒާރެއް އިޒްރޭލާއި އެމެރިކާއަށް

އީރާނުގެ ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީ، ޒައިނިސްޓު އިޒްރޭލަށާއި އެމެރިކާއަށް އަމާޒުކޮށް ވަރަށް ނުރައްކާތެރި އަދި ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

މި އިންޒާރަކީ ކުރިއަށް އޮތް ތަނުގައި ސަރަހައްދީ މަޝްރަހަށް ބޮޑު ބިރުވެރިކަމެއް ކުރިމަތިވެދާނެ ކަމެއްގެ ގޮތުގައި ސިޔާސީ ދިރާސާކުރާ ފަރާތްތަކުން މިހާރު ދަނީ ސިފަކުރަމުންނެވެ.

މުޖުތަބާ ޚާމަނާއީ މި އިންޒާރު ދެއްވީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފަރާތްތަކާއެކު ވެފައިވާ ހުރިހާ އެއްބަސްވުން ތަކަކުން އީރާނުން ވަކިވެ، އެކަންކަން ނިމުމަކަށް ގެނައުމަށް ނިންމެވި ނިންމެވުން އިއުލާން ކުރައްވަމުންނެވެ. އޭނާ ވިދާޅުވީ، ނިއުކްލިއާ ހަތިޔާރު އަތުގައި ބެހެއްޓުމަކީ އީރާނުގެ މިނިވަންކަމާއި ސިޔާދަތާ ގުޅިފައިވާ އަސާސީ ހައްގެއް ކަމަށާއި، އެއީ އެއްވެސް ފަރާތަކާއެކު ދެން މަޝްވަރާ ކުރެވޭނެ މައުޟޫއެއް ނޫން ކަމަށެވެ.

އިޒްރޭލަށް ވަރުގަދަ ރައްދެއް ދެއްވަމުން މުޖުތަބާ ޚާމަނާއީ ވިދާޅުވީ، "އެމީހުން (ޔަހޫދީން) ވަނީ މަޝްވަރާ ކުރަމުން ދިޔަ މީހާ (ކުރީގެ ސުޕްރީމް ލީޑަރ އަލީ ޚާމަނާއީ) އަވަހާރަ ކޮށްލާފައި. އެހެންކަމުން މިހާރު މިވަނީ ބޮން އުފައްދާ މީހާ (މިހާރުގެ ސުޕްރީމް ލީޑަރ މުޖުތަބާ ޚާމަނާއީ) އައިސްފައި،" ކަމަށެވެ.

މި ނިންމެވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭނާ ވަނީ، ކުރިން މަޝްވަރާގެ މޭޒުގައި ތިއްބެވި އިސް ބޭފުޅުން އަވަހާރަ ކޮށްލާފައިވާކަން ފާހަގަ ކުރައްވައި، ދެން އޮތީ އަމަލީ ގޮތުން ރައްދު ދިނުން ކަމަށް އިޝާރާތް ކުރައްވާފައެވެ.

ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި ބަދަލާއެކު ބައިނަލްއަގުވާމީ މުޖުތަމައުން އީރާނާމެދު ގެންގުޅޭ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.

ހާއްސަކޮށް ހުޅަނގުގެ ގައުމުތަކުން ނިއުކްލިއާ މައްސަލައިގައި ކުރަމުންދިޔަ މަޝްވަރާތައް މިހާރު ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ. އީރާނުގެ މި ހަރުކަށި އައު ސިޔާސަތުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *