މި އަހަރުގެ ފުރަތަަމަ 2 މަސް، ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް

މި އަހަރުގެ ފުރަތަަމަ 2 މަސް، ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް

ރާއްޖޭގެ ޓޫރިޒަަމް މި އަހަރުގެ ފުރަތަމަ ދެމަހު އުންމީދީ ކުރިއެރުމެއް ހޯދައިފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖަނަވަރީ އަދި ފެބުރުވަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައެވެ.

މިއަހަރުގެ ފެބުރުވަރީ މަހަކީ ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބުނު މަހެކެވެ. މި އަހަރުގެ ފެބުރުވަރީ މަހު 216,309ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި 254,365 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ގާތްގަނޑަކަށް 15.7އިންސައްތައިގެ ކުރިއެރުމެކެވެ.

މިއަހަރުގެ މާރިޗު 7އާ ހަމައަށް ޖުމްލަ 516,676ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2025ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8އިންސައްތައިގެ ކުރިއެރުމެކެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތައް

ޗައިނާ: 81,711 ފަތުރުވެރިން (16.1%)
ރަޝިއާ: 59,825 ފަތުރުވެރިން (11.8%)
އިޓަލީ: 49,295 ފަތުރުވެރިން (9.7%)
ޔޫ.ކޭ: 47,781 ފަތުރުވެރިން (9.4%)
ޖަރުމަނުވިލާތް: 32,389 ފަތުރުވެރިން (6.4%)

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން ރާއްޖެ އަންނަ ޓޫރިސްޓުންގެ (68.3%) ރިސޯޓު ތަކުގައި މަޑުކުރާއިރު، 26.6 އިންސައްތަ ފަތުރުވެރިން ތިބެނީ ގެސްޓް ހައުސް ތަކުގައެވެ. މިވަގުތު ރާއްޖޭގައި އޮޕަރޭޝަނަލް ހާލަތުގައި 180 ރިސޯޓާއި، 924 ގެސްޓްހައުސް އަދި 171 ސަފާރީ އުޅަނދު އެބައޮތެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ 97.5 އިންސައްތަ މީހުން ރާއްޖެ އެތެރެވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

މީގެ އިތުރުން މިއަހަރުގެ މިހާތަނަށް ކްރޫޒް ލައިނާ ތަކުގައި 6,302ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *