ގެއްލިގެން ހޯދިޔަ ނޫރާ އަމިއްލައަށް ގެއަށް އަތުވެއްޖެ

ގެއްލިގެން ހޯދިޔަ ނޫރާ އަމިއްލައަށް ގެއަށް އަތުވެއްޖެ

ރޭ ގެއްލިގެން ހޯދަމުންދިޔަ، ޅ. ނައިފަރު، ކަށިމާގެ، ފާތިމަތު ނޫރާ (32އ) އަމިއްލައަށް ގެއަށް އަތުވެއްޖެ އެވެ.

އޭނާ ރޭ ގެއިން ނުކުމެގެން ދިޔައީ ރުޅި އައިސްގެންނެއެވެ. އެއަށްފަހު ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށް އޭނާ ހޯދަމުން ދިޔައެވެ.

ނަމަވެސް ފުލުހުން ދެންމެ ބުނީ މިއަދު 11:20 ހާއިރު ނޫރާ ގެއަށް ގޮސްފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށްވެސް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ނޫރާގެ އާއިލާ މީހަކު ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ރޭ އޭނާ ގެއިން ނުކުތީ ރުޅިއައިސްގެން "މިދަނީ މަރުވާން" ކަމަށް ބުނެ ކަމަށެވެ. އޭނާ އަކީ ސިކުނޑީގެ މައްސަލަ އާއި ފިޓު ޖެހޭ  މީހެއް ކަމަށް ވެސް އާއިލާއިން ބުންޏެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *