ޚާމަނާއީ އަވަހާރަވުމުން އުރުދުޣާންގެ ތައުޒިޔާ، ލިބުނީ ކުއްލި ސިހުމެއް: އުރުދުޣާން

ޚާމަނާއީ އަވަހާރަވުމުން އުރުދުޣާންގެ ތައުޒިޔާ، ލިބުނީ ކުއްލި ސިހުމެއް: އުރުދުޣާން

ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަވި ހަބަރު ލިބި ކުއްލި ސިހުމެއް ލިބިވަޑައިގަތް ކަމަށް ވިދާޅުވެ، ތައުޒިޔާ ފޮނުއްވައިފިއެވެ.

އުރުދުޣާން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ރޭ ދިން ހަމަލާތަކުގައި ޚާމަނާއީ އަވަހާރަވި ހަބަރު ލިބި ވަރަށް ހިތާމަވެރިވެ ވަޑައިގެންނެވި ކަމަށެވެ. ﷲ ސުބްހާނަހޫ ވަތަޢާލާ ޚާމަނާއީ އަށް ރަހްމަތް ލައްވާ، ގައުމާއި ރައްޔިތުންގެ ނަމުގައި، އީރާން ރައްޔިތުންނަށް ތައުޒިޔާ ދަންނަވާ ކަމަށް ވިދާޅުވިއެވެ.

ތުރުކީވިލާތުން، ސަރަހައްދުގެ ހަމަޖެހުން ގެނައުމަށާއި ހިނގަމުންދާ ހަނގުރާމަ ނިންމައި ޑިޕްލޮމެސީ ތެރެ ދިއުމަށް، ސަރަހައްދުގެ ހުރިހާ ރަހްމަތްތެރި ގައުމުތަކާ ގުޅިގެން ހިތްވަރާ އެކު ކުރިއަށް ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *