ބޭރުގައި ތިބި ދިވެހި ކިޔަވާކުދިންގެ ރައްކާތެރިކަމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނަން: މިނިސްޓްރީ

ބޭރުގައި ތިބި ދިވެހި ކިޔަވާކުދިންގެ ރައްކާތެރިކަމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނަން: މިނިސްޓްރީ

ރާއްޖެއިން ބޭރުގައި ތިބި ދިވެހި ކިޔަވާކުދިންގެ ހާލަތު ގާތުން ބަލަމުންދާކަމަށާއި، އެ ދަރިވަރުންގެ ސަލާމަތާ ރައްކާތަރެރިކަން ކަށަވަރުކުރުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާނެކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން، އެ ސަރަޙައްދުގެ ގައުމުތަކުގައި ކިޔަވަމުންދާ ދިވެހި އެއްވެސް ދަރިވަރަކަށް އެކަމުގެ އަސަރު ކުރޭތޯ ބަލަމުންދާކަމަށެވެ.

ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތައް އަޅަމުންދާކަމަށާއި، ދަރިވަރުންގެ ހާލަތު ގާތުން ބަލަމުންދާކަމަށާއި އަދި ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެ ސަރަހައްދުގެ މަޝްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ކުރަންޖެހޭ މުއާމަލާތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ނާޒުކު ދަނޑިވަޅުގައިވެސް، ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *