ނިއުގެ ކޯޗު ކަމުން ސުޒޭން އިސްތިއުފާދީފި

ނިއުގެ ކޯޗު ކަމުން ސުޒޭން އިސްތިއުފާދީފި

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗު ކަމުން ކުރީގެ ގައުމީ ޓީމިގެ ކޯޗުކަންވެސް ކޮށްފައިވާ އަލީ ސުޒެއިން އިސްތިއުފާ ދީފިއެވެ.

ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޯޗު ސުޒެއިން މި ނިންމުން ނިންމަވާފައިވަނީ އާއިލީ ސަބަބަކާ ގުޅިގެން ކަމަށެވެ.

ކްލަބުން ވަނީ ކޯޗު ސުޒެއިންގެ ހިދުމަތަށް ޝުކުރު އަދާ ކޮށް، ކޯޗެއްގެ ގޮތުގައި ކްލަބަށް ކޮށްދެއްވި ބުރަ މަސައްކަތާ ހިދުމަތް ވަރަށް ބޮޑަށް ފާހަގަ ކޮށްފައެވެ. އޭނާގެ ލީޑަރޝިޕްގެ ދަށުން ކްލަބު ކުރިއަރައި ކާމިޔާބީ ހޯދިކަން ކްލަބުން ފާހަގަ ކުރިއެވެ.

ހެޑް ކޯޗު ކަމުން ވަކިވި ނަމަވެސް، ކޯޗު ސުޒެއިން ކްލަބު ދޫކޮށް ނުދާނެ ކަމަށް ކްލަބުގެ އިސްވެރިއަކު ”މާލެ ޓައިމްސް“ އަށް މައުލޫމާތު ދީފައިވެއެވެ.

ކްލަބުން ވަނީ، ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ކޯޗު ސުޒެއިން ކްލަބާ ގުޅޭނެކަން ހާމަ ކޮށްފައެވެ. މި ހައިސިއްޔަތުގައި ކްލަބުގެ ކުރިމަގު ބައްޓަން ކުރުމުގައި، ކްލަބުގެ މެނޭޖްމަންޓާ ގާތުން މަސައްކަތް ކުރާނެ ކަމަށް ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *