ތާލިބާނުން މަޝްވަރާއަށް ގޮވާލައިފި، ހަމަލާތަކުގައި 29 މީހުން މަރުވެއްޖެ

ތާލިބާނުން މަޝްވަރާއަށް ގޮވާލައިފި، ހަމަލާތަކުގައި 29 މީހުން މަރުވެއްޖެ

ޕާކިސްތާނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ހައްލުކުުރުމަށް "މަޝްވަރާ އަދި ސުލްހަ"ގެ މަގު ބޭނުންވާ ކަމަށް އަފްޣާނިސްތާނުގެ ސަރުކާރުން ހުކުރު ދުވަހު ބުނެފިއެވެ.

ކަންދަހާރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމެއްގައި ތާލިބާން ސަރުކާރުގެ ތަރުޖަމާން ޒަބީހުالله މުޖާހިދު ވިދާޅުވީ، ސުލްހަވެރި ހައްލަކަށް ތަކުރާރުުކޮށް ގޮވާލަމުން ދިޔަ ނަމަވެސް ޕާކިސްތާނުން "މަޝްވަރާ ކުުރުމުގެ އެއްވެސް ހިތްވަރެއް ދައްކާފައި ނުވާ" ކަމަށެވެ.

ހަމަލާތަކާ ބެހޭ ގޮތުން މުޖާހިދު ވިދާޅުވީ، 13 އަފްޣާން ސިފައިން ޝަހީދުވެ 22 ސިފައިން ޒަހަމްވެފައިވާ ކަމަށާއި، 13 އާންމު ރައްޔިތުން ވެސް ޒަހަމްވިކަމަށެވެ. ޕާކިސްތާން ފަރާތުން 55 ސިފައިން މަރުވެ، 19 ފޯސްޓް ސުންނާފަތިވެ، 23 ޕާކިސްތާން ސިފައިންގެ ހަށިގަނޑު ހިފެހެއްޓިފައިވާ ކަމަށް ތާލިބާނުން ދައުވާ ކުރެއެވެ. ހިފެހެއްޓިފައިވާ ސިފައިންގެ ގޮތްތައް ފަހުން ހާމަ ކުުރާނެ ކަމަށް ވިދާޅުވިއެވެ.

ޕާކިސްތާން ދޫކޮށްލި ގޮތުގައި ޓީޓީޕީ ހަނގުރާމަވެރިން ދޭ ހަމަލާތަކަށް އަފްޣާން ބިން ބޭނުުންކުުރަމުންދާ ތުުހުުމަތުުތައް ތާލިބާނުުން ދޮގުުކުރެއެވެ. "ޕާކިސްތާނުގެ އެތެރޭގެ ހަމަނުލެވުމަކީ ޕާކިސްތާންގެ އެތެރޭގެ މައްސަލައެއް،" ކަމަށް މުުޖާހިދު ވިދާޅުުވިއެވެ.

ދެ ގައުމުގެ ދެމެދު ހިނގި ކުުރިމަތިލުންތަކުގައި ޖުުމުލަ 29 މީހުުން ވަނީ މަރުުވެފައެވެ. އޭގެ ތެރޭގައި 4 އާންމު ރައްޔިތުުންނާއި، 12 ޕާކިސްތާން ސިފައިންނާއި، 13 އަފްޣާން ސިފައިން ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *