ޕާކިސްތާން ސިފައިން އެއްގަމު މަގުން އަފްޣާނިސްތާނަށް އަރައިފި

ޕާކިސްތާން ސިފައިން އެއްގަމު މަގުން އަފްޣާނިސްތާނަށް އަރައިފި

ޕާކިސްތާންގެ ސަލާމަތަށް ނުރައްކާ ކުރަމުންދާ ހަނގުރާމަވެރި ޖަމާއަތްތައް ނައްތާލުމުގެ ނަމުގައި، ޕާކިސްތާން ސިފައިން އެއްގަމު މަގުން އަފްޣާނިސްތާނަށް އަރައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށައިފިއެވެ.

އެއްގަމު މަގުން ސިފައިން އަފްޣާނިސްތާނުގެ ސަރަހައްދުތަކަށް ވަދެފައިވާ އިރު، ވައިގެ ސިފައިން ވަނީ ކާބުލް ހިމެނޭ ގޮތަށް އެހެނިހެން މުހިންމު ސިޓީތަކަށް ވެސް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ހަނގުރާމަވެރިން ބޭނުންކުރާ މަރުކަޒުތަކާއި ހަތިޔާރު ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޕާކިސްތާނުން ބުނަމުންދަނީ އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށާއި، ޓެރަރިސްޓް ހަރަކާތްތަކަށް ފުުރުސަތު ނުދޭނެ ކަމަށެވެ.

މި ހާދިސާތަކާ ގުޅިގެން އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން އަދި ރަސްމީ ބަޔާނެއް ނެރެފައި ނުވި ނަމަވެސް، ދެ ގައުމުގެ ދެމެދުގެ ގުޅުން އިތުރަށް ގޯސްވެ ސަރަހައްދީ ހަމަޖެހުމަށް ނުރައްކާ ވެދާނެ ކަމުގެ ކަންބޮޑުުވުން ވަނީ އިތުުރުުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *