އީރާނާ ދެކޮޅަށް ފޮނުވި 13 ބިލިއަން ޑޮލަރުގެ މަނަވަރުގެ ފާޚާނާ ނިޒާމު ފޭލްވެއްޖެ

އީރާނާ ދެކޮޅަށް ފޮނުވި 13 ބިލިއަން ޑޮލަރުގެ މަނަވަރުގެ ފާޚާނާ ނިޒާމު ފޭލްވެއްޖެ

އިރާނާ ދެކޮޅަށް އަސްކަރީ ބާރު ދެއްކުމަށް ފޮނުވާލި އެމެރިކާގެ އެންމެ ޒަމާނީ އަދި އެންމެ އަގުބޮޑު މަނަވަރު، ޔޫ.އެސް.އެސް ޖެރަލްޑް އާރް. ފޯޑަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

13 ބިލިއަން ޑޮލަރު ހޭދަކޮށް ބަނދެފައިވާ މި މަނަވަރުގައި ހުރި 650 ފާޚާނާގެ ތެރެއިން ގިނަ ފާޚާނާތައް ހަލާކުވެ، ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައިވެއެވެ.

މި މައްސަލަ ދިމާވީ އަސްކަރީ މިންގަނޑަށް ފެތޭ ގޮތަށް ތައްޔާރު ނުކުރެވި ހުރި ކޮމާޝަލް ވެކިއުމް ސަކްޝަން ސިސްޓަމެއް ބޭނުންކޮށްފައި ހުރުމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން، ސިސްޓަމްގެ އެންމެ ވޭލްއެއް ފޭލްވި ނަމަވެސް، އެ ޒޯނެއްގެ މުޅި ނަރުދަމާ ނިޒާމު ބަންދުވެގެންދެއެވެ.

މި ނިޒާމު ހަލާކުވާ ކޮންމެ ފަހަރަކު، ހޮޅިތައް ސާފުކުުރުމަށް ހާއްސަ އެސިޑް ފްލަޝް ބޭނުންކުުރަންޖެހެއެވެ. ކޮންމެ ފަހަރަކު މި އޮޕަރޭޝަން ހިންގުމަށް 400,000 ޑޮލަރު ހޭދަވާ ކަމަށް ރިޕޯޓް ތަކުން ހާމަވެއެވެ.

މިއީ ހަތިޔާރު ނިޒާމާ ބެހޭ ދަތިތަކަށްވުރެ ބޮޑަށް ސިފައިންގެ ސިއްހީ ރައްކާތެރިކަމަށް ހުރި ނުރައްކަލެއްގެ ގޮތުގައި ވަނީ ފާހަގަ ކޮށްފަ އެވެ. ބައިނަލްއަގްވާމީ ނިއުސް ރިޕޯޓްތަކުގައި ފާހަގަ ކޮށްފައިވަނީ ވަނީ މިއީ ނަރުދަމާ ނިޒާމް ފެއިލްވެ ހިނގިދާނެ ބަލިމަޑުުކަމުގެ ނުރައްކަލެއްގެ ގޮތުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *