ޕާކިސްތާނުގެ ދިފާއުގައި ސައުދީން ތެދުވަނީ، އަސްކަރީ އެހީތެރިކަން ދޭންވެސް ތައްޔާރު

ޕާކިސްތާނުގެ ދިފާއުގައި ސައުދީން ތެދުވަނީ، އަސްކަރީ އެހީތެރިކަން ދޭންވެސް ތައްޔާރު

ޕާކިސްތާނުގެ އަމަންމާންކަން ދެމެހެއްޓުމަށްޓަކައި، އެގައުމުން އެދިއްޖެ ހާލަތެއްގައި އަފްޣާން ތާލިބާނުންނާ ދެކޮޅަށް ވައިގެ މަގުން ހަމަލާދިނުމަށް ސައުދީ އަރަބިއްޔާ ތައްޔާރަށް އޮތްކަން އެގައުމުން ހާމަކޮށްފިއެވެ.

ދެ ގައުމުގެ ދެމެދުގައި ވެފައިވާ ހާއްސަ ދިފާއީ އެއްބަސްވުމުގެ ދަށުން، އެއް ގައުމަކަށް ކުރިމަތިވާ ހަމަލާއަކީ ދެ ގައުމަށް ވެސް ކުރިމަތިވާ ހަމަލާއެއްގެ ގޮތުގައި ބެލެވެއެވެ. ދެ ގައުމުގެ ގުޅުމަކީ ދިގު ތާރީހެއް އޮތް، އިސްލާމީ އުހުއްވަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެކެވެ.

އަސްކަރީ ގޮތުން ދެ ގައުމު ގުޅިގެން ސިލްސިލާ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ތަމްރީނުތަކުގެ މަގްސަދަކީ ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުުރުމާއި ކޮމެންޑޯ އޮޕަރޭޝަންތަކަށް ދެ ގައުމުގެ ސިފައިން އަހުލުވެރި ކުުރުވުމެވެ. އޭގެ އިތުުރުން، ޕާކިސްތާނުގެ ތަޖުރިބާކާރު ސިފައިން ސައުދީގެ ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމުގައި ވެސް މުުހިންމު ދައުރެއް އަދާ ކުުރެއެވެ.

ދިފާއީ ގުޅުމުގެ އިތުުރުން، ޕާކިސްތާނަށް އިގްތިސާދީ ދަތިތައް ކުުރިމަތިވާ ދަނޑިވަޅުތަކުގައި ސައުދީ އަރަބިއްޔާ ވަނީ ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމާއި ތެލުުގެ ލުއި އެއްބަސްވުުންތައް ފޯރުުކޮށްދީފައެވެ. ޕާކިސްތާނަށް އިގްތިސާދީ ގޮތުން ދިމާވާ ދަތި ދަނޑިވަޅުތަކުގައި ސައުދީ އަރަބިއްޔާއަކީ އަބަދުވެސް އެންމެ ކުރީ ސަފުގައި އޮންނަ ގައުމެވެ.

އިސްލާމީ އުންމަތުގެ އެންމެ ވަރުގަދަ ދެ ބާރުގެ މެދުގައި އޮތް ބަދަހި ގުޅުން ދައްކުވައިދޭ ކަމެކެވެ. އަދި ޕާކިސްތާނުގެ އިސްތިގުލާލާއި ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމުގައި ސައުދީ އަރަބިއްޔާ އަބަދުވެސް ސާބިތުކަމާއެކު އޮންނާނެކަން މިކަމުން ހާމަވެއެވެ.

ތަޖުރިބާކާރުން ވިދާޅުުވާ ގޮތުުގައި، ސައުުދީ-ޕާކިސްތާން ގުުޅުުމުުގެ ސަބަބުުން ސަރަހައްދީ ހަމަޖެހުމަށް އިތުރު ބާރެއް ލިބިގެން ދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *