ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕަރސަންކަމުގެ މަޤާމުން ނަޝްވާ ވަކިކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕަރސަންކަމުގެ މަޤާމުން ނަޝްވާ ވަކިކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރޕާރސަންކަމުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ގ.ރޯސްއައިލެންޑް، ނަޝްވާ ޢަބްދުﷲ ވަކިކޮށްފިއެވެ.

އޭނާ މަގާމުން ވަކިކޮށްފައިވަނީ މިއަދުއެވެ.

ނަޝްވާ ވަކިކުރިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރޕާރސަންކަމުގެ މަޤާމަށް ނަޝްވާ އައްޔަންކުރައްވާފައިވަނީ 8 ޖަނަވަރީ 2024 ގައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގައި 6 ބޭފުޅުން ތިއްބަވައެވެ. އެއީ ޗެއަރޕާސަންއާއި މެނޭޖިން ޑިރެކްޓަރާއި 4 ނޮން-އެގްޒެކްޓިވް ޑިރެކްޓަރުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *