ރެސިޕީ: މެގްނަމް ޕުޑިން

ރެސިޕީ: މެގްނަމް ޕުޑިން

ބޭނުންވާ ތަކެތި:

  • 1 ޕެކެޓް ފުލްކުރީމް މިލްކް
  • 1 ބޮޑު ޗޮކްލެޓް (ގާނާފައި)
  • 2 ސައި ސަމުސާ ބަޓަރު
  • 2 މޭޒުމަތީ ސަމުސާ ކޯންފުލާ
  • 1 ޕެކެޓް މާރީ ބިސްކޯދު
  • 1 ދަޅު ގެރިކިރު
  • 2 ބިސް
  • 3 ސަމުސާ ކޮކޯ ޕައުޑާ

ތައްޔާރުކުރާނެ ގޮތް:

  1. އެންމެ ފުރަތަމަ މިކްސަރަށް ގެރިކިރު ދަޅާއި، ބިސް، ބަޓަރު، ކޮކޯ ޕައުޑާ އަދި ކޯންފުލާ އެޅުމަށްފަހު ރަނގަޅަށް އޮމާންވަންދެން ގިރާލާށެވެ.
  2. އެއަށްފަހު އުނދުން މައްޗަށް ތެއްޔެއް އުދައި، އޭގެ ތެރެއަށް ފުލްކުރީމް މިލްކް ޕެކެޓް އަޅާލާށެވެ. މަޑުގިނީގައި ބަހައްޓައިގެން ކިރުކޮޅު ހޫނުކުރަން ފަށާށެވެ.
  3. ކިރުކޮޅު ހޫނުވުމުން، ކުރިން މިކްސަރުން ގިރާލި ބައި މަޑުމަޑުން ތެލީގެ ތެރެއަށް އޮއްސާލަމުން، ހުއްޓާނުލާ ހަލުވަމުން ގެންދާށެވެ. މިގޮތަށް ހަލުވަމުންދާނީ މިކްސްޗަރު ރަނގަޅަށް އޮލަވަންދެނެވެ.
  4. ބޭނުންވާ ވަރަށް އޮލަވުމުން އުނދުންމަތިން ބޭލުމަށްފަހު، އޭގެ ތެރެއިން އެއްބައި ޕުޑިންގ އަޅާ ޓްރޭއަކަށް އޮއްސާލާށެވެ.
  5. ދެން އޭގެ މަތީގައި މާރީ ބިސްކޯދު ލޭޔަރެއް ރީތިކޮށް އަތުރާލާށެވެ.
  6. ބިސްކޯދުތަކުގެ މައްޗަށް ބާކީ ހުރި ކްރީމް ކޮޅު އަޅާލުމަށްފަހު، އެންމެ މަތީގައި ގާނާފައި ހުރި ޗޮކްލެޓް ކޮޅު މުޅި ތަނަށް ފެތުރޭނޭހެން އަޅާލާށެވެ.
  7. ޕުޑިންގްގެ ހޫނުކަން ކެނޑި ހިހޫވުމުން ފުރިޖަށްލާފައި ގާތްގަނޑަކަށް 1 ގަޑިއިރު ވަންދެން ބަހައްޓާށެވެ.

މިހާރު މިވަނީ މީރު މެގްނަމް ޕުޑިންގ ތައްޔާރުވެފައެވެ. ފިނިކޮށްލައިގެން މީގެ ރަހަ ބަލާލާށެވެ!

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *