އައްޑޫ ސިޓީގައި މަސައްކަތްކުރާ ސްރީލަންކާ މީހަކު އިސްލާމް ވެއްޖެ

އައްޑޫ ސިޓީގައި މަސައްކަތްކުރާ ސްރީލަންކާ މީހަކު އިސްލާމް ވެއްޖެ

އައްޑޫ ސިޓީ ފޭދޫގައި ވަޒީފާ އަދާކުރަމުންދާ ސްރީލަންކާގެ ރައްޔިތަކު އިސްލާމްދީން ގަބޫލުކޮށްފި އެވެ.

ފޭދޫ ނަޔާ ސެލޫނުގައި މަސައްކަތް ކުރަމުން އައި މި މީހާ، ޖަޔަސިންހާ އަރަޗިގެ ވަރުނާ ޕްރަބާތު ސަދަރުވާން، އިސްލާމްވެފައިވަނީ އިއްޔެ އަސުރު ނަމާދަށް ފަހު ފޭދޫ ބޮޑު މިސްކިތުގަ އެވެ. ޝަހާދަތުގެ ދެ ކަލިމަ ލައިދިނީ ފޭދޫ ބޮޑު މިސްކިތުގެ އިމާމެވެ.

"މިޝްކަތު ފައުންޑޭޝަން" އިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯ ހާމަކުރަމުން ބުނެފައިވަނީ، އިސްލާމްވުމަށް ފަހު އޭނާގެ ނަން އަބްދުﷲ އާދަމް އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިއީ ފަހަކަށް އައިސް ރާއްޖޭގައި ބޭރުގެ ފަރާތެއް އިސްލާމްވި ދެ ވަނަ ހާދިސާ އެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކ. ދިއްފުށީގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ބޭރުގެ އަންހެން ފަތުރުވެރިއަކު ވެސް ވަނީ އިސްލާމްދީން ގަބޫލުކޮށްފަ އެވެ.

ރާއްޖޭގައި ތިބޭ ބޭރުގެ ފަރާތްތައް އިސްލާމްދީނަށް ވަދެ، ތެދު މަގު ހޯދަމުން ދިއުމަކީ ދިވެހި މުޖްތަމައަށް ލިބޭ ނިޢްމަތެއް ކަމުގައި ގިނަ ބަޔަކު ދެކެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *