ކްރޫޒްލައިނާ "އެމްއެސް ކްރިސްޓަލް ސިމްފަނީ" އަނެއްކާވެސް ރާއްޖެ އަތުވެއްޖެ

ކްރޫޒްލައިނާ "އެމްއެސް ކްރިސްޓަލް ސިމްފަނީ" އަނެއްކާވެސް ރާއްޖެ އަތުވެއްޖެ

މޮރިޝަސް އިން ފުރައިގެން ދަތުރުކުރަމުންދާ މަޝްހޫރު ކްރޫޒްލައިނާ، "އެމްއެސް ކްރިސްޓަލް ސިމްފަނީ" އަނެއްކާވެސް ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ. މިއީ މި ކްރޫޒްލައިނާ މިއަހަރުގެ ތެރޭގައި ރާއްޖެއަށް ކުރި ތިންވަނަ ދަތުރެވެ.

މި އުޅަނދު ރާއްޖެއަށް އައުމުން، އުޅަނދުން ދަތުރުކުރި ފަސިންޖަރުންނާއި ކްރޫންނަށް ބޭނުންވާ އިމިގްރޭޝަން ކްލިއަރެންސްގެ މަސައްކަތްތައް މޯލްޑިވްސް އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުން ވަނީ ފުރިހަމަކޮށްދީފައެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ދަތުރުގައި ޖުމްލަ 548 ފަސިންޖަރުންނާއި 489 ކްރޫން ރާއްޖެއަށް އައިސްފައިވެއެވެ.

ރާއްޖެއަކީ ކްރޫޒްލައިނާ ދަތުރުތަކުގައި މަގުބޫލު މަންޒިލަކަށް ވެފައިވާއިރު، މިފަދަ ބޮޑެތި އުޅަނދުފަހަރު ރާއްޖެއަށް ޒިޔާރަތްކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގްތިސާދަށް އޭގެ ސަބަބުން ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެކެވެ. "އެމްއެސް ކްރިސްޓަލް ސިމްފަނީ" ރާއްޖޭގައި މަޑުކުރުމަށްފަހު ފުރާނެ ވަގުތެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *