ހޭންޑީ ވޯޓާގެ ބިއްލޫރި ފުޅި ތަކުގައި ބަންދު ކޮށްފައިވާ ފެން ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.
އެމްއެފްޑީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ 330 އެމްއެލް، 550 އެމްއެލް، އަދި 1 ލީޓަރުގެ ބިއްލޫރި ފެންފުޅިތަކުގައި ހުރެގެން ނުވާ ވަރުގެ ޖަރާސީމުގެ އަސަރު ފެނިފައިވާ ކަމަށެވެ.
ތަހުލީލު ނަތީޖާ ތަކުން ދައްކާ ގޮތުގައި، ހޭންޑީ ވޯޓާގެ ބިއްލޫރި ފުޅި ތަކުގައި ހުރި ފެނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ބޯފެނުގެ ރައްކާތެރި މިންގަނޑަށް ފެތޭ ފެނެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން، ވަކި ގޮތެއް ނޭންގޭހާ ހިނދަކު، ތި ފެންފުޅިތައް ބޭނުން ނުކުުރުމަށް ވަނީ އަންގައިފި އެވެ.
ހޭންޑީ ވޯޓާ ގަންނަ ފަރާތްތަކާއި ބޭނުންކުުރާ ފަރާތްތަކުން، ބިއްލޫރިފުޅީގެ ފެން ބޭނުން ކުުރުން ވަގުތުން ހުއްޓާލުމަށް ސިއްހީ ތަޖުރިބާކާރުންވެސް ގެންދަވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ.





