މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025 ގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިރޭ އޮތް ކުޅިވަރު އެވޯޑް ހަފްލާ ޝަރަފްވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މިއީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިންތިޒާމު ކޮށްގެން ބާއްވާ ރަސްމިއްޔާތެކެވެ. ރޭ ކުޅިވަރު އެވޯޑު އޮތީ ޒުވާނުންގެ މަރުކަޒުގައެވެ.
މި ރަސްމިއްޔާތުގައި އެކި ދާއިރާ ތަކުން ކުޅިވަރު އެވޯޑް ދިނުމުގެ އިތުރުން، ވަނީ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑްވެސް ވަނީ ދެފަރާތަކަށް ދީފައެވެ. އެއީ މޫސާ މަނިކާއި މުޙައްމަދު ނަދީމަށެވެ.
މީގެ އިތުރުން، ނޮން-އޮލިމްޕިކް އަދި އޮލިމްޕިކް ސްޕޯޓްސް ކެޓަގަރީ އިން، ސްޕޯޓްސްވުމަން އޮފް ދި އިޔަރ އަދި ސްޕޯޓްސްމަން އޮފް ދި އިޔަރ އެވޯޑް ޙާޞިލުކުރެއްވި އެތުލީޓުންނަށްވެސް، ވަނީ އެވޯޑު ހަވާލު ކޮށްފައެވެ.
މިރޭގެ މި ޙަފުލާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ބައިވެރިވެވަޑައިގެން، ބައެއް އެވޯޑުތައް ހަވާލުކޮށްދެއްވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ ރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ބައެއް އެވޯޑުތައް ހަވާލުކޮށްދެއްވާފައެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ޚިދުމަތްކޮށްދެއްވާފައިވާ އަދި ޚިދުމަތްކޮށްދެއްވަމުންގެންދަވާ ފަރާތްތަކުގެ އަގުވަޒަންކުރެއްވުމުގެ މަޤްޞަދުގައި، ދިވެހިރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި އިހުތިފާލެވެ. މިރޭގެ ޙަފުލާގައި ފާހަގަކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ ކާމިޔާބީތަކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު، ކުޅިވަރު ތަރައްޤީކޮށް ކުރިއެވުމަކީ ޤައުމީ އަހުމިއްޔަތެއްކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.





