ބަރުބަރީ މިސްކިތް މި މަހުގެ 16 ގައި ހުޅުވަނީ

ބަރުބަރީ މިސްކިތް މި މަހުގެ 16 ގައި ހުޅުވަނީ

މާލޭގެ ބަރުބަރީ މިސްކިތް މި މަހުގެ 16 ވާ ހޯމަ ދުވަހު އަޞްރު ނަމާދަށް ރަސްމީކޮށް ހުޅުވުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ ތިން ބުރިއަށް ބިނާކޮށްފައިވާ މި ޒަމާނީ މިސްކިތުގެ މަސައްކަތް ނިމި، ހުޅުވުމަށް ތައްޔާރުވެފައި ވާކަމަށެވެ. އަމިއްލަ ފަރާތަކުން ބިނާކުރި މި މިސްކިތުގައި އެއްފަހަރާ 1400 މީހުންނަށް ނަމާދު ކުރެވޭނެއެވެ.

މާލޭ ސިޓީގައި ހުރި ދުވަސްވީ މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން ވިލިމާލޭ މަސްޖިދުއް ސަލާމްގެ އަމަލީ މަސައްކަތް ރަމަޟާން މަހަށްފަހު ފެށޭނެއެވެ. މާލޭ ޒިކުރާ މިސްކިތުގެ މަސައްކަތްވެސް ރަމަޟާން މަހަށްފަހު ފެށިގެން ދާނެއެވެ.

"ރަމަޟާން މަސް ކައިރިވެފައި އޮތުމުން މިތަންތަން ތަޅާނުލައި މަސައްކަތް ފެށުން ލަސްކޮށްލީ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި. މި ދެ މިސްކިތް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ސްޕޮންސާ ވަނީ ލިބިފަ. ދެން މާލޭ ސަރަހައްދުގައި ހުންނާނީ ބާ މިސްކިތަކަށް ހެންވޭރު އަފީފުއްދީން މިސްކިތް އެކަނި. އެތަނަށްވެސް އެހީ ހަމަޖެހިގެންދާނެ،" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަ.ކުރެއްވީ މާފަންނު ބޮޑުގެ މިސްކިތުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އަންނަ އަހަރު ރޯދައަށް އެމިސްކިތް ނިންމައި ހުޅުވޭނެކަމަށެވެ. މިސްކިތްތައް ޒަމާނީކުރި ނަމަވެސް ހިރިގަލުގެ އާސާރީ މިސްކިތްތައް އާސާރީ ތަންތަނުގެ ގޮތުގައި ދަމަހައްޓާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *