ބަންގްލަދޭޝް މީހާގެމަރާ ގުޅިގެން ހައްޔަރުކުރި ލަންކާ މީހާ އިތުރު 10 ދުވަހަށް ބަންދު

ބަންގްލަދޭޝް މީހާގެމަރާ ގުޅިގެން ހައްޔަރުކުރި ލަންކާ މީހާ އިތުރު 10 ދުވަހަށް ބަންދު

ތިލަފުށި ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާގެ މަރާ ގުޅިގެން ހައްޔަރުކުރި ސްރީލަންކާ މީހާ އިތުރު 10 ދުވަހަށް ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ތިލަފުށިން ގެއްލިގެން ހޯދަމުންދިޔަ އަމީން މިއާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ޖެނުއަރީ މަހުގެ 26 ގައެވެ.

ފުލުހުން ބުނީ އޭނާ މަރުވެފައިވަނީ އެކްސްކަވޭޓަރެއްގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކާއެކު ހަށިގަނޑު އެހެން ދިމާލަކަށް ބަދަލު ކުރެވިގެން ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އެކްސްކަވޭޓަރު ދުއްވަން އިން ލަންކާގެ ރައްޔިތެއް ކަމަށްވާ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކައެވެ.

ފުލުހުން އޭނާގެ ބަންދުގެ މުއްދަތު ޖަހަން ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެފަހަރު ބަންދު ކުރީ ހަތް ދުވަހަށެވެ.

ނަމަވެސް އެ ހަތް ދުވަހުގެ މުއްދަތު ހަމަވެގެން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، މިއަދުން ފެށިގެން 10 ދުވަހުގެ މައްދަތަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ބަންދު އަމުރުގައިވާ ގޮތުން އޭނާއަށް ފުލުހުން ކުރަނީ ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށުގެ ތުހުތަމެވެ. އެ ތުހުމަތު ކުރެވުނީ މީނާ ދުއްވި އެކްސްކަވޭޓަރުން ޖެހި މީހަކު ނިޔާވެފައިވާ މައްސަލައެއްގައި ކަމަށްވެސް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *