ފަރުވާދެމުން ދަނިކޮށް ގައިދީއަކު މަރުވެއްޖެ

ފަރުވާދެމުން ދަނިކޮށް ގައިދީއަކު މަރުވެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރު ވެއްޖެއެވެ.

ކަރެކްޝަންސް އިން ބުނިގޮތުގައި މަރުވެފައިވަނީ ދަފްތަރު ނރ. 439 / އިބްރާހިމް ސުހެއިލް (53އ) އެވެ. އޭނާ މަރުވެފައިވަނީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނިކޮށް މިއަދު ހެނދުނު 9:05 ގައެވެ. އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތާ ހަފުތާއެއް ވެފައިވާ ކަމަށެވެ.

ކަރެކްޝަންސް އިން ބުނިގޮތުގައި އޭނާ މަރުވެފައިވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެންނެވެ. އަދި އޭނާއަކީ 2025 ގައި ސްޓްރޯކެއް ޖެހިގެން، އެކަމަށް ފަރުވާ ހޯދަމުން އައި މީހެއް ކަމަށެވެ.

އޭނާ މަރުވުމާ ގުޅިގެން އެކަން އޭނާގެ އާއިލާއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މިހާރު އަންގާފައިވާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *