ކާސޫ މާޒޫ އަކީ އިޓަލީގެ ސާޑިނިއާއޭ ކިޔާ ރަށެއްގައި ހަދާ، ވަރަށް އާދަޔާ ހިލާފު ޗީޒެކެވެ. ގިނަ ބަޔަކު ބުނަނީ އެއީ ދުނިޔޭގައި ހުރި އެންމެ އާދަޔާ ހިލާފު ޗީޒް ކަމަށެވެ.
އެ ޗީޒް ތައްޔާރުކުރަނީ ބަކަރި ކިރުންނެވެ. ފުރަތަމަ ކަމަކަށް އެއީ އާދައިގެ ޗީޒް އެއްފަދައިން ހަދާ އެއްޗެކެވެ. ދެން އެޗީޒު ބޭރުގައި ގިނަދުވަސްތަކެއް ވަންދެކަށް ބާވަނީއެވެ. އޭގައި ޖައްސާކުދި މެހިތަކެއް އެޗީޒްގެ މައްޗަށް ގިނަ އަދަދެއްގެ ބިސް އަޅައެވެ. ބިސް އުފައްދާއިރު ޗީޒްގެ ތެރޭގައި ކުދިކުދި ވޯމްސް (މެގޮޓްސް) އުފެދެއެވެ. މި ވޯމްތަކުން ޗީޒްގެ ބޭރުފަށަލަ ވަރަށް މަޑުކޮށް ކްރީމީ ވެގެންދެއެވެ.
މި ޗީޒްގައި ވަރަށް ވަރުގަދަ ވަހެއް ދުވެއެވެ. ބައެއް މީހުންނަށް އެ ވަސް މާ ވަރުގަދަ ކަމަށް ފެނެއެވެ. އަނެއް ބަޔަކަށް އެވަސް ޗީޒުގައި ދުވުމުން ކަމުދެއެވެ. އާންމުކޮށް މި ޗީޒް ކާނީ ދިރިހުރި ވޯމްތަކާއެކުގައެވެ. މި ޗީޒް ކާއިރު، ޕާން މަތީގައި ފަތުރާފައި ކާލަން ޖެހޭނީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ. ސބަބަކީ އެ ވޯމްތައް ފުންމާލަފާނެތީއެވެ.
ކާސޫ މާޒޫއަށް ގިނަ ތަންތަނުގައި ވިއްކުމުގެ ހުއްދަ ނުދެވޭ ސަބަބަކީ ކާން ރައްކާތެރި ނޫން އެއްޗަކަށް ވާތީ އެވެ. އެއީ ގޮހޮރުގެ މައްސަލަތައް ދިމާވެދާނެތީއެވެ. އެކަމަކު ސާޑިނިއާގައި ބައެއް މީހުން އަދިވެސް އެ ކާނީ އެމީހުންގެ ސަގާފީ ކެއުމެއް ގޮތުގައެވެ.
ބައެއް މީހުންނަށް ކާސޫ މާޒޫ ޗީޒް އެއީ ވަރަށް ފަކުރުގަންނަ ކާން ޖެހިލުންވާ އެއްޗެކެވެ. އަނެއް ބަޔަކަށް އެއީ ޚާއްޞަ އަދި މުހިންމު ޗީޒްއެކެވެ. ކޮންމެއަކަސް މި ޗީޒް ކެއުމުގެ ފުރުޞަތުލިބިއްޖެނަމ ކާން ކެރޭނެހެއްޔެވެ؟




