ހިޔާ 8 ޓަވަރުގެ ލިފްޓު މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލައިފި

ހިޔާ 8 ޓަވަރުގެ ލިފްޓު މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތަކުގައިއަށް ޓަވަރެއްގައި ލިފްޓު ބެހެއްޓުމުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދު ވިދާޅުވީ ލިފްޓު ހަރުކުރުމުގެ މަޝްރޫއުގެ ޑިޒައިން އަދި ސިވިލް މަސައްކަތުގެ %100 ނިމިފައިވާ ކަމަށެވެ. އަދި ލިފްޓްގެ ސްޓްރަކްޗާ ބެހެއްޓުމުގެ %100 މަސައްކަތް ނިމިފައިވާ ކަމަށާއި ލިފްޓު ހަރުކުރުމުގެ %86 ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ވިދާޅުވިއެވެ.

އަދި މުޅި މަޝްރޫއުގެ %89 މަސައްކަތް ނިމިފައިވާ ކަމަށްވެސް އެޗްޑީސީން ވިދަލުވިއެވެ.

އެޗްޑީސީން ވިދަޅުވިގޮތުގައި، ހިޔާ ފްލެޓްގެ 1،2،3،4،5،6،7،8 ގެ ލިފްޓް ހަރުކޮށް ނިންމައި، މިހާރު ދަނީ ބޭނުން ކުރަމުންނެވެ. އަދި ފްލެޓް އެކަކުން 13 އަށް ލިފްޓް ހަރު ކުރުމައި ޓެސްޓު ނިމިފައިވަ ކަމަށްވެސް ވިދާޅުވިއިރު، 16 ޓަވަރުގެ ދަގަނޑު ހަރު ކުރުމުގެ މަސައްކަތް ވެސް ނިމިފައިވަ ކަަމަށްވެސް ވިދަޅުވިއެވެ.

އޭގެ އިތުރުން، މި މަޝްރޫއު ނިންމުމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރުވެސް ސައިޓްގައި ހުރިކަންވެސް އެ ކުންފުނިން ފާހަގަކޮށްފައި ވެއެވެ.

މި މަޝްރޫއުގެ ތެރެއިން މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި ޓަވަރު 14،15،16 ގައި ލިފްޓް ހަރު ކުރުމުގެ މަސައްކަތާއި، ޓަވަރު 9،10،11،12،15 ގައި ކްލޭޑިން އަަދި ފްރޭމް ހަރު ކުުރުމުގެ މަސައްކަތްތައް ހިމެނެއެވެ. އަދި ޓަވަރު 11 އަދި 12 ގައި ފްރޭމް ފެބްރިކޭޝަން މަސައްކަތް ކުރެވެމުންދާއިރު، ޓަވަރު 16ގައި ޕްލެޓްފޯމް މަސައްކަތްވެސް ދަނީ ކުރިއަށެވެ.

ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުއަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް އެޗްޑީސީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެއީ ހިޔާގެ ހުރިހާ ޓަވަރެއްގައި 32 ލިފްޓް ހަރުކުރުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *