ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ދިވެހި ފުލުހުންގެ ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ފުލުހުން ހޯދާފައިވަނީ ފައިނަލުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. ފައިނަލް މެޗުގެ ސެޓްތައް ފުލުހުން ޓީމުން ކާމިޔާބުކުރީ 25-22، 25-23 އަދި 26-24 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފުލުހުންގެ ހައިދާ އިމާދުއެވެ.
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އައިމިނަތު އަރީޝާ އާއި ހައިފާ އިމާދުގެ އިތުރުން އެމްޓީސީސީގެ މާޔާ ޙުސައިން ސޮލާހު އާއި ފާތިމަތު އަމާނީ ޝިޔާމް އާއި އައިމިނަތު ރަފާ އިބްރާހިމް އަދި އިމިގްރޭޝަންގެ އައިމިނަތު އަފާފް ނިޒާމްއެވެ. މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކަށް ފުލުހުންގެ މާޝާ ފާރޫޤު ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ފުލުހުންގެ ކޯޗު މުނާ މުނީރުއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފުލުހުންގެ އައިމިނަތު އަރީޝާއެވެ.




