އިންޑިއާގެ މިނިސްޓަރަކު ސަލްމާން ދަންޖައްސަން ގޮވާލައިފި

އިންޑިއާގެ މިނިސްޓަރަކު ސަލްމާން ދަންޖައްސަން ގޮވާލައިފި

އިންޑިޔާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީ ގެ މިނިސްޓަރަކު ސުޕަސްޓާ ސަލްމާން ހާނަށް ދަންޖައްސާ މަރާލުމުގެ އަދަބުދޭން ގޮވާލައިފިއެވެ.

އުއްތަރު ޕްރަދޭޝްގެ ސަރަހައްދީ ސަރުކާރުގެ މިނިސްޓަރެއް ކަަމަށްވާ ޓާކޫރު ރަގުރާތު ސިންގ މިކަމަށް ގޮވައިލީ ނޫސްވެރިއަކަށް ދިން އިންޓަވިއުއެއްގައި، ސަލްމާންހާނާ ބެހޭގޮތުން ކުރި ސުވާލަކާ ގުޅިގެންނެވެ.

އޭނާ ބުނީ ސަލްމާން ހާނަކީ ގައުމަށް ގައްދާރު ވަމުންދާ މީހެއް ކަމަށާއި އޭނާއަކީ އަވައްޓެރި ހަތުރެއްގެ ގޮތުގައި އިންޑިއާއިން ދެކެމުން އަންނަ ޕާކިސްތާނާއި ބަންގަލާދޭޝް ދެކެ ލޯބިވާ މީހެއް ކަމަށެވެ. އަދި އޭނާ ފިލްމުތައް ބެލުމަށް އިންޑިއާގެ ހިންދީން ހަރަދުކުރާ އެތައް މިލިޔަން ރުފިޔާއެއް އެއްކޮށްގެން ގޮސް ސަލްމާން ހާން ޕާކިސްތާނަށާއި، ބަންގަލޭޝްއަށް ހަރަދު ކުރަމުން ގެންދާ ކަމަށްވެސް ބުންޏެވެ.

އޭނާ ބުނީ ސަލްމާންހާނަކީ ވަގެއް ކަމަށާއި ގޮތެއް ފޮތެއް ނެތް މީހެއް ކަަމަށެވެ. އެހެންކަމުން އޭނާގެ ފިލްމުގައް ނުބަަލައި ބޮއިކޮޓް ކުރުމަށާއި، ދަންޖައްސާ މެރުމުގެ އަދަބު އޭނާއަށް ދޭންޖެހޭ ކަމަށްވެސް ބުންޏެވެ.

އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީ އަކީ މުސްލިމުންނަށް ނަފްރަތުކުރާ މުސްލިމުންނާ ދެކޮޅަށް ބޮޑެތި ރޭވުންތައް ރާވަމުން އަންނަ ޕާޓީއެކެވެ. ނަމަވެސް އެ ޕާޓީ އާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަކީ ސަލްމާން ހާނާ ވަރަށް ގާތް ގުޅުމެއް އޮންނަ ބައެކެވެ.

ސަލްމާން ހާނަށް އެގޮތަށް އެއްޗެހި ގޮވުމަށްފަހު، މާ ގިނައިރުތަކެއްނުވެ ސޯޝަލް މީޑިއާ މެދުވެރިކޮށް ޓާކޫރު ރަގުރާތު ސިންގ ބުނެފައި ވަނީ އަސްލު އޭނާ އެ ހުރިހާ އެއްޗެއްކީ ޝާހްރުކް ހާނަށް ކަމަށް ބުނެފައެވެ. އޭނާ ބުނީ އެ ދެމީހުންގެ ނަން އޭނާއަށް އޮޅުނީ ކަމަށެވެ.

އޭނާ ބުނީ ޝާހްރުކް ހާނަށް އެގޮތަށް އެއްޗެހި ކިޔަން ޖެހެނީ، ބަންގަލާދޭޝްގައި ހިނގާ ހަމަނުޖެހުންތަކުގައި ހިންދީން މަރަމުންދާއިރު، ބަންގލާދޭޝްގެ ކްރިކެޓް ކުޅުން ތެރިއަކަށް ޝާހްގެ ކްރިކެޓް ޓީމުން ޖާގަ ދިނުމުން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *