ރާއްޖޭގައި ޑޮލަރު ނުހިފެހެއްޓެނީ ޓޫރިޒަމް ސިނާއަތުގައި ބޭރުގެ އިންވެސްޓަރުން ގިނަވުމުން: ޝިޔާމް 

ރާއްޖޭގައި ޑޮލަރު ނުހިފެހެއްޓެނީ ޓޫރިޒަމް ސިނާއަތުގައި ބޭރުގެ އިންވެސްޓަރުން ގިނަވުމުން: ޝިޔާމް 

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ 90 ޕަސެންޓް އޮތީ ބޭރު މީހުންގެ އަތްމަތީގައި ކަމަށާއި ރާއްޖޭގައި ޑޮލަރު ހަރުނުލަނީ އެހެންވެގެން ކަމަށް ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ ބޭރު މީހުންނާ ހިލާފަށް ދިވެހި ވިޔަފާރިވެރިންގެ ފައިސާ ރާއްޖެއަށް ވަންނަ ކަމަށާއި އެހެންކަމުން ޓޫރިޒަމް އިންޑަސްޓްރީގައި ދިވެހިންނަށް މަސައްކަތްކުރެވޭނެ މަގު ސަރުކާރުން ފަހިކޮށްދޭން ކަމަށެވެ.

ދިވެހީންނަށް ރިސޯޓު ހެދުމަށް ރަށްތައް ލިބޭނެ ގޮތް ހަމަޖައްސައިދޭން ޖެހޭ ކަމަށާއި ރިސޯޓް ތަރައްގީކުރަން ދިވެހިންނަށް ސަރުކާރުން އެހީވުމުން ލިބޭ ފައިދާ މިހާރު ވެސް ފެންނަން ހުންނާނެ ކަމަށެވެ. އެގޮތުން ސަރުކާރުން ދިން ގެރެންޓީއަކުން ނެގި ލޯނަކުން ހެދި އޭނާގެ ރިސޯޓު، ސިޔާމް ވޯލްޑް އަކީ އެފަދަ މިސާލެއް ކަމަށް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ސިޔާމް ވޯލްޑުން މިހާތަނަށް 13 މިލިނެއްހާ ޑޮލަރު ދައުލަތަށް ލިބިފައިވާ ކަމަށާއި އެއީ އާންމު 10 ރިސޯޓެއްގެ ޓެކްސްއަށް ދައްކާ ވަރަށްވުރެ ބޮޑު އަދަދެއް ކަމަށެވެ. އެހެންކަމުން ދިވެހި ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްނުދޭންވީ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުތަކުން ދިވެހި ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ސަބަބުން އޭގެ ހުރިހާ ފައިދާއެއް ލިބެނީ ބޭރުގެ ވިޔަފާރިވެރިންނަށް ކަމަށާއި އެ ފަރާތްތަކަށް ރަށްތައް މިލްކުވެ، ރާއްޖެއަށް އޭގެ ގެއްލުންވާ ކަމަށެވެ. ދައުލަތުގައި ޑޮލަރު ހަރުނުލަނީވެސް އެ ސަބަބާ ހެދި ކަމަށް ސިޔާމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *