އަންނަ މާޗް މަހުގެ ނިޔަލަށް އިތުރު 70 ޑޮލަރު އޭޓިމް ބެހެއްޓޭނެ: ރައީސް

އަންނަ މާޗް މަހުގެ ނިޔަލަށް އިތުރު 70 ޑޮލަރު އޭޓިމް ބެހެއްޓޭނެ: ރައީސް

އަންނަ މާޗު މަހުގެ ނިޔަލަށް އިތުރު 70 ޑޮލަރު އޭޓީއެމް ރާއްޖޭގެ އެކި ރަށްރަށުގައި ބަހައްޓާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީއެންސީން މިރޭ ބޭއްވި ފޯރިގަދަ ތާރީޚީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި މި ސަރުކާރުން ޑޮލަރު އޭޓީއެމްތައް ބަހައްޓާފައިވާނެ ކަމަށެވެ. އަދި އަންނަ މާޗް މަހުގެ ނިޔަލަށް އިތުރު 70 ރަށުގައި ޑޮލަރު އޭޓީއެމްތައް ބަހައްޓާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްތައް ބެހެއްޓީ ވެސް މި ސަރުކާރުންކަން ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި މިވަގުތު ވެސް 1،875 މަޝްރޫއު ކުރިއަށް އެބަދާ ކަމަށާއި އޭގެ ތެރެއިން 1،356 މަޝްރޫއުއަކީ މި ސަރުކާރުން ސޮއިކޮށް ހަވާލުކޮށްފައިވާ މަޝްރޫއުތައް ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ފާއިތުވި 45 ވަރަކަށް އަހަރުގެ ތެރޭގައި އެެއްވެސް ރައީސަކު ވަޑައިނުގަންނަވާ ރަށްތަކަށް ޒިޔާރާތް ކުރެއްވުނު ކަމަށާއި އެކަމާ މެދު ހައިރާންވެވެޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއީ ސީދާ އިހުމާލު ކަމަށާއި އެރަށްތަކާއި މާލެއަކީ ވެސް އެމަނިކުފާނަށް ހަމަހަމަ ތަންތަން ކަމަށެވެ. އަދި އެތަނުގައި ވެސް އުޅެމުން އަންނަނީ ދިވެހި ރައްޔިތުން ކަމަށް ރައީސް ވިދާޅުވިއެވެ.

“ރައީސް މައުމޫނަށް ފަހު އެއްވެސް ރައީސަކު ވަޑައިނުގަންނަވާ ރަށްތައް. އަޅުގަނޑު ހައިރާންވި އެކަމާ. އިހުމާލު. ހުރިހާ މާނައެއްގައި އިހުމާލުވެފައިވާ ރަށްރަށަށް. އެ ރަށްރަށާއި މާލެއާ އަޅުގަނޑަށް ހަމަ އެއްހަމަ،”

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *