އައިއެސްއަށް 9.9 މިލިޔަން ރުފިޔާ ދައްކަން ފެނަކައަށް އަމުރެއް

އައިއެސްއަށް 9.9 މިލިޔަން ރުފިޔާ ދައްކަން ފެނަކައަށް އަމުރެއް

އައިއެސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް 9.9 މިލިޔަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ހުކުމްކޮށްފިއެވެ.

މިއީ މިއީ އައިއެސް ގެ ފަރާތުން ފެނަކަ ކޯޕަރޭޝަން ވިއްކި މުދަލަށް ލިބެންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ނުދީ ހުރި، 10.7 މިލިޔަން ރުފިޔާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށާއި، މި ފައިސާ ނުދީގެން މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ޖެހުމުން ޝަރީއަތުގެ ޚަރަދުގެ ގޮތުގައި 30،000 ރުފިޔާ ޝަރީއަތުން ހޯދައިދިނުމަށް އެދި ފެނަކައިގެ މައްޗަށް ހުށަހެޅުމުން ސިވިލް ކޯޓުން ބެލި މައްސަލައެވެ.

މި މައްސަަލައިގައި އައިއެސްއިން ބުނެފައި ވަނީ މި ފައްސާ އަކީ ފެނަކައަށް ފޮނުވާފައިވާ 27 އިންވޮއިސް އަކަށް ލިބެންޖެހޭ ފައިސާ ކަމަށެވެ.

މި މައްސަލައިގެ ދައުވާ އިއްވުމުން ފެނަކައިން ބުނީ މި ދައުވާގައި އައިއެސްގެ ގެ ފަރާތުން ވަކިވަކި ކަންކަމުގެ ގޮތުގައި ފާހަގަ ކޮށްފައިވާ ކަންކަމަށާއި، ޖުމްލަކޮށް މުޅި ދައުވާއަށް އިންކާރުކުރާ ކަމަށެވެ. އަދި އެ ދައުވާގައި އައިސްއިން ފާހަގަ ކޮށްފައިވާ ކަންކަމަކީ ހަގީގަތާ އެއްގޮތް ކަންކަން ނޫން ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ފެނަކައިގެ ކިބައިން ނަގައިދިނުމަށް އައިއެސް އިން އެދިފައިވާ ފައިސާ ނަގައިދޭންޖެހޭ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.

އެހެން ކަމުން ފެނަކައިން ބުނެފައިވަނީ އައިއެސްއިން ހޯދަން އެދުނު ފައިސާއަކީ ފެނަކައާ އެފަރާތާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާގޮތާ ހިލާފަށް ހޯދަން ހުށަހަޅާފައިވާ ފައިސާއަކަށްވާތީ، އެ ފައިސާ ފެނަކައިގެ ކިބައިން ނަގައިދޭންޖެހޭ ގާނޫނީ ހަމައެއް ނެތްކަމަށް ކަނޑައޅައި ދިނުމަށެވެ.

ނަމަވެސް މި މައްސަލައިގެ އިބުތިދާއީ އަޑުއެހުމުގައި، އައިއެސް އިން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން އަށް މިލިޔަން ރުފިޔާ އަށް އެއްބަސްވާކަމަށް ފެނަކައިން ބުންޏެވެ. އަދި ފައިސާގެ ބާކީ އަދަދަށް އިންކާރުކުރާ ސަަބަބަކީ އައިއެސް އިން ހިދުމަތް ފޯރުކޮށްދިނީ އެ މުދާ ފޯރުކޮށްދޭންޖެހޭ ތާރީހަށްވުރެ ފަހުން ކަމަށްވާތީ ބާކީ ފައިސާއަކީ ފެނަކައިން ދޭންނުޖެހޭ ފައިސާއެއްކަމަށް ވެސް ބުންޏެވެ.

މި މައްސަލައިގައި ކޯޓުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު މިދިޔަ ބުރާސް ފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ، ޝަރީއަތުގެ ޚަރަދުގެ ގޮތުގައި 25،000 ރުފިޔާ ހިމަނައިގެން ޖުމްލަ 9.9 މިލިޔަން ރުފިޔާ އަކީ ފެނަކައިން އައިއެސްއަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑަައަޅާ ކަމަށެވެ. އަދި އެ 9.9 މިލިޔަން ރުފިޔާ އެއްމަސްދުވަހުގެ ތެރޭގައި، 30 ނޮވެމްބަރުގެ ކުރިން އައިއެސްއަށް ދައްކައި ހަލާސްކުރުމަށް ފެނަކައަށް އަންގައި އަމުރު ކުރާ ކަމަށްވެސް ހުކުމްގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *