އަންނަ 2026 ވަނަ އަހަަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ހުށަހަޅަން މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާ ބާއްވަން ހަމަޖައްސައިފިއެެވެ.
އާއްމުކޮށް މުރާސްފަތި ދުވަހަކީ މަޖިލިސް ޖަލްސާ ބާއްވާ ދުވަހެއްނޫނެވެ.
ނަަމަވެސް މަޖިލީހުގެ ޖަލްސާއެއް މާއްދަމާ ބާއްވަން ނިންމައި އަންނަ އަހަރުގެ ބަޖެޓް ހުށަހަޅަން ވަނީ ތާވަލުކޮށްފައެވެ.
މާދަމާ އެ ޖަލްސާ ބާއްވާނެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން އިއުލާނުކުރައްވައިފައެވެ.
މިއަހަރަށް ލަފާކޮށް މަޖިލީހުން މިދިޔަ އަހަރު ފާސްކޮށްފައިވަނީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެ ވެ. އެއީ ކުރީއަހުގެ ބަޖެޓަށް ވުރެ 1.6 ބިލިއަން ރުފޮޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ސަޕްލިމެންޓްރީ ބަޖެޓާ އެކު ބަޖެޓުގެ ޖުމްލަ އަދަދު ވަޏީ 55 ބިލިއަން ރުފިޔާ އަށް އަަރައިފައެވެ.
މެންދުރު 2:00 ގައި ބާއްވާ މާދަމާގެ ޖަލްސާއަށް ބަޖެޓް ހުށަހަޅުއްވާނީ ފިނޭންސް މިނިސްޓަރު މުސާ ޒަމީރެވެ.
އަންނަ އަހަރަށް މަޖިލީހަށް ހުށަހަޅާ ބަޖެޓު ވެގެންދާނީ ބާކީ ހުރި ވައުދުތައް ފުއްދިގެންދާނެ ބަޖެޓަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.






