އަދާލަތު ޕާޓީގެ ލީޑަރު އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރާއްޖޭގެ ގައުމީ ސަލާމަތާއި ޖިނާއީ އަދުލުގެ ނިޒާމާ މެދު ސިޔާސީ ކަންކަމަށްވުރެ މާ ފުން ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފިއެވެ.
އިމްރާން އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިދާޅުވީ، މިވަގުތު ރާއްޖޭގެ ބައިނަލްއަޤުވާމީ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރެއް ނޫން ކަމަށާއި، މިކަމަށް މައްސޫލުވާ ފަރާތްތަކުން އިހުމާލުވެފައިވާ ކަމަށެވެ.
އިމްރާން ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުއިން ފެށިގެން ސަލާމަތާ ގުޅުންހުރި ޕޯޓް ފޯލިއޯތަކުގައި ތިބި ވަޒީރުންނާއި އެހެން މައްސޫލުވެރިން ފަރުދީ ހައިސިއްޔަތުން މަގާމުގެ މައްސޫލިއްޔަތު އަދާކުރުމަށް ވަނީ ފެއިލްވެފައެވެ.
އިމްރާން އެގޮތަށް ވިދާޅުވީ އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ބަނދަރުގައި ހުރި ދެ ކޮންޓެއިނާއަށް ބަޔަކު ނެގި މައްސަލައާއި ބީއެމްއެލްގެ ޑޮލަރުތަކެއް ވީއައިއޭއިން ފޭރިގަނެފައިވާ މައްސަލައާ ގުޅިގެންނެވެ.






