އިންޑިއާ އާއި ޗައިނާއާއެކު ވިޔަފާރި ފެށުމުން ޑޮލަރު މައްސަލައަށް ލުއި ލިބޭނެ: ސައީދު

އިންޑިއާ އާއި ޗައިނާއާއެކު ވިޔަފާރި ފެށުމުން ޑޮލަރު މައްސަލައަށް ލުއި ލިބޭނެ: ސައީދު

އިންޑިއާ އާއި ޗައިނާއާއެކު ހަދާ ލޯކަލް ކަރަންސީ ސެޓްލް މަންޓުން ޑޮލަރުގެ އަހު ބޮޑުވުމަށް ދިމާވެފައިވާ މައްސަ ކޮންމެސް ވަރަކަށް ހައްލުވާނެ ކަަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޑޮލަރުގެ އަގު ތިރިކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީއޭގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޑޮލަރު އަގު ބޮޑުވުމުގެ މައްސަލައަކީ ވަރަށްގިނަ ރައްޔިތުންނާއި ވިޔަފާރިވެރިން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

ޑޮލަރުގެ އަގު ދައްކުރަން ސަރުކާރުން ކުރާ މަސައްކަތްތައް ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ގާނޫނަށް ގެނައި ބަދަލާއެކު ވިޔަފާރިތަކުން ވަކި ވަރަކަށް ބޭންކުތަކުން ޑޮލަރު މާރުކުރަންޖެހޭގޮތަށް ހެދުމުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ.

"މިސަރުކާރު އައިސްފަ މީގެކުރިން ދުވަހަކުވެސް ނުކުރެވުނު ކަމެއް ވަކި ވަރަކަށް ޑޮލަރު މާރު ކުރަން ބުނުމަކީ، އާދައިގެ ކަމެއްވެސް ނޫން އެއީ. މިކަން ކުރުމުގެ ހެޔޮ ނަތީޖާ އެދަނީ މިހާރުވެސް ފެންނަމުން ދޭތެރެދޭތެރެއިން ކާޑުން ލިމިޓް ބޮޑުކުރަމުން ދޭތެރެދޭތެރެއިން ބޭންކުން ޓީޓީއަށް ބޭރު ފައިސާ ދައްކާ އަދަދު އިތުރު ކުރަމުން އެދަނީ، މިހެންގޮސް އެތައްކަމެއް އެބަކުރޭ،" ސައީދު ވިދާޅުވިއެވެ.

އޭގެ ތެރިން އިންޑިއާ އާއި ޗައިނާއާއެކު ރާއްޖެއިންހަދާ ލޯކަލް ކަރަންސީ ސެޓްލް މަންޓުގެ ވާހަކަވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"ސަރުކާރުން އިންޑިއާ އަދި ޗައިނާއާއެކުވެސް ވަރައްގިނަ މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަން، ލޯކަލް ކަރަންސީ ސެޓްލް މަންޓްގެ ނިޒާމްތަކެއް ގާއިމް ކުރަން މަސައްކަތްކުރަމުން މިދަނީ، ގާތްގަނޑަކަަށް ޗައިނާ އާއި އިންޑިއާ އެއްކޮށްލީމަ ދެ ބިލިޔަން ޑޮލަރާ ގާތައް ރާއްޖޭން މި ދެގައުމާއެކު ވިޔަފާރިކުރޭ، އަޅުގަނޑުމެންނަށް މި ދެގައުމާއެކު ކަރަންސީން ވިޔަފާރި ކުރެވޭނެގޮތް އިންތިޒާމު ވަމުން އެދަނީ، ކައިރި މުސްތަގުބަލެއްގައި އެކަން ފެށިއްޖެއްޔާ އޭގެންވެސް ޑޮލަރަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބޭނެ،" އޭނާ ވިދާޅުވިއެެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *