އަތޮޅު ކައުންސިލުން އުވާލުވުމުން ލިބޭ ފައިސާ ހަރަދުކުރާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުއްލި ހާލަތުގައި މީހުންނަށް މާލީ އެހީ ދިނުމަށް: ރައީސް

އަތޮޅު ކައުންސިލުން އުވާލުވުމުން ލިބޭ ފައިސާ ހަރަދުކުރާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުއްލި ހާލަތުގައި މީހުންނަށް މާލީ އެހީ ދިނުމަށް: ރައީސް

އަތޮޅު ކައުންސިލުން އުވާލުވުމުން ލިބޭ ފައިސާ ހަރަދުކުރާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުއްލި ހާލަތުގައި މީހުންނަށް މާލީ އެހީ ދިނުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޅ. އޮޅުވެލިފުށީގެ ރައްޔިތުންނަށް ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މީގެ ކުރިން އަތޮޅު ކައުންސިލްތަކަށް ދެމުން ގެންދިޔަ ފައިސާ ރަށު ކައުންސިލްތަކަށް ބަހާލަން ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ހަދަނީ ރައީސް ވިދާޅުވި ގޮތުގައި، ކައުންސިލް ބަޖެޓުގެ ތެރެއިން ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސާށެވެ.

"އަތޮޅު ކައުންސިލް ނެތުމުން އެ ސޭވްވާ އެމައުންޓް ހޭދަ މި ކުރަނީ ރައްޔިތުންގެ އިޖްތިމާއީ ކަންކަމަށް އޭގެން ފަހިވާ ގޮތަށް. އެ އިތުރުވާ ފައިސާ، ބަހާލެވޭ ފައިސާ ކޮންމެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް އެ ރަށެއްގައި ހުންނަ އިޖްތިމާއީ ގޮތުން ރައްޔިތުންގެ ތެރޭގައި ހުރި އެހީ ބޭނުންވާ ފަރާތްތަކަށް، އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކަމަށް ވިޔަސް އެކި ކަހަލަ އެހީތެރިކަން ބޭނުންވާ މީހުންނަށާއި އިމަޖެންސީކޮށް ކަންކަން ދިމާވުމުން ކައުންސިލްގެ ބަޖެޓަށްދޭ ފައިސާ ބޭނުންކުރަން ލާޒިމްވާ ގޮތަށް ކައުންސިލްތަކަށް އެ ބަޖެޓް މި ހަމަޖައްސަނީ،" ރައީސް ވިދާޅުވި އެވެ.

ކައުންސިލްގެ ޒިންމާގެ ތެރޭގައި އެއީ އިޖުތިމާއީ ކަންކަމަށް ބޭނުންކުރަން ދޭ ފައިސާއެއް ކަމަށާއި އެ ފައިސާ ހަރަދުކުރަން ޖެހޭނީ ވެސް އެގޮތަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *