ހުޅުދޫ އަދި މީދޫއިން ބޭނުންވަނީ ސިޓީ ކައުންސިލާ ވަކިން ކައުންސިލެއް އުފައްދަން

ހުޅުދޫ އަދި މީދޫއިން ބޭނުންވަނީ ސިޓީ ކައުންސިލާ ވަކިން ކައުންސިލެއް އުފައްދަން

އައްޑޫ ސިޓީ ކައުންސިލާއި ވަކިވާން ބޭނުންވާކަމަށް ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ވޯޓުން ހާމަވެއްޖެ އެވެ.

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް މިއަދު ވަނީ ވޯޓުލުން ކުރިއަށްގެންގޮސްފަ އެވެ. އަދި ވޯޓު ގުނަން ފަށާފައިވާއިރު، މީދޫ އަދި ހުޅުދޫގެ ހުރިހާ ފޮއްޓެއްގެ ވަގުތީ ނަތީޖާ ވަނީ ލިބިފަ އެވެ.

ވޯޓުގެ ވަގުތީ ނަތީޖާ:

  • ހުޅުދޫ 6 ވޯޓު ފޮށި

ފެންނަ ކަމަށް 720 މީހުން

ނުފެންނަ ކަމަށް 325 މީހުން

ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 2867 މީހުންނަށް

  • މީދޫ 4 ވޯޓު ފޮށި

ފެންނަ ކަމަށް 841 މީހުން

ނުފެންނަ ކަމަށް 144 މީހުން

ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 2341 މީހުންނަށް

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަންދާޒާ ކޮށްފައިވާގޮތުގައި މި އާންމު ވޯޓުގައި ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން %47.1 މީހުންނެވެ. އަދި %52.9 މީހުން ވޯޓުގައި ބައިވެރިނުވާ ކަމަށެވެ.

ހިޔާލު ހޯދުމަށް އެދި ހުށަހެޅި ސުވާލުތައް:

ހުޅުދޫގެ ރައްޔިތުންނަށް ހުށަހެޅި ސުވާލު

  1. އައްޑުއަތޮޅު ހުޅުދޫއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

މީދޫ ރައްޔިތުންނަށް ހުށަހެޅި ސުވާލު

  1. އައްޑުއަތޮޅު މީދޫއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *