ޗުއްޓީއަށް ނުވަތަ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ހުއްދަތައް ކުރިން ހޯދުމަށް އޭސް ޓްރަވަލްސްއިން އިލްތިމާސްކޮށްފި

ޗުއްޓީއަށް ނުވަތަ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ހުއްދަތައް ކުރިން ހޯދުމަށް އޭސް ޓްރަވަލްސްއިން އިލްތިމާސްކޮށްފި

ޗުއްޓީ ސީޒަން ފެށުމާއެކު ގިނަ އާއިލާތަކެއް ރާއްޖެއިން ބޭރަށް ދަތުރުކުރަން ތައްޔާރުވަމުންދާއިރު، ބޭސްފަރުވާގެ ބޭނުމަށް ނުވަތަ އެހެނިހެން ސިއްހީ އެހީތެރިކަން ބޭނުންވެގެން ދަތުރުކުރާ ފަރާތްތަކުން، ދަތުރުގެ ކުރިން އެއާލައިން ތަކުން ލިބެންޖެހޭ ހުއްދަތަކާއި ކްލިއަރެންސްތައް ފުރިހަމަ ކުރަން އޭސް ޓްރަވަލްސް މޯލްޑިވްސް އިން އިލްތިމާސްކޮށްފި އެވެ.

އެ ކުންފުނީގެ ސީއީއޯ މުހައްމަދު ފިރާގު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗުއްޓީއަށް ނުވަތަ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ގިނަ އާއިލާތަކެއް ފުރަމުންދާއިރު، މެޑިކަލް ޓްރެވަލް ރިކުއާމަންޓްތަކާއި ކްލިއަރެންސްތައް ދަތުރުގެ ކުރިން ފުރިހަމަ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ހާއްސަކޮށް، ފުރޮޅުލީ ގޮނޑި، ސްޓްރެޗާ ސާވިސް، އޮކްސިޖަން ސަޕްލައި ނުވަތަ އެހެނިހެން ސިއްހީ އެހީތެރިކަން ބޭނުންވާ ފަސިންޖަރުން ދަތުރުކުރާނަމަ، އެއާލައިނަށް ބޭނުންވާ މެޑާ (MEDA) ފޯމު ކުރިން ހުށަހަޅައި ހުއްދަ ހޯދަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފިރާގު އިތުރަށް ވިދާޅުވީ، މިފަދަ ދަތުރުތަކަށް އެއާލައިންތަކުން ކުރިން ހުއްދަ ހޯދަން ޖެހޭއިރު، އެއީ އޭވިއޭޝަން ގަވާއިދުގެ ދަށުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެއާޕޯޓުން އެންމެ ފަހު ވަގުތު ރިކުއެސްޓްތައް ބަލައިނުގަނެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއީ އެއާލައިންތަކުން ބޭނުންވާ ވަސީލަތްތަކާއި ސޭފްޓީ ކްލިއަރެންސްތައް ހަމަޖެއްސުމަށް އެކަށީގެންވާ ވަގުތު ބޭނުންވާތީ ކަމަށްވެސް ފިރާގު ވިދާޅުވިއެވެ.

ފިރާގު، އެދިވަޑައިގެންނެވީ ހުރިހާ ދަތުރުވެރިން އަވަހަށް ދަތުރު ރޭވުމަށާއި، ޓްރެވަލް އޭޖެންޓް ނުވަތަ އެއާލައިނާ ސާފުކޮށް ބޭނުންވާ ކަންކަން މުއާމަލާތުކޮށް، ދަތުރުކުރާއިރު މެޑިކަލް ޑޮކިއުމަންޓްތަކުގެ ކޮޕީ އަތްމަތީގައި ބެހެއްޓުމަށެވެ.

މީގެ ސަބަބުން ދަތުރުގެ ތެރޭގައި ދިމާވެދާނެ ދަތިތައް ކުޑަކޮށް، ހަމަޖެހިގެން ދަތުރުކުރުމަށް އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *