ގާނޫނާ ޚިލާފަށް އައްޑޫ މީދޫ އިން ބޮޑު ބިމެއް ދިން މައްސަލަ ކޮމިޓީއަށް

ގާނޫނާ ޚިލާފަށް އައްޑޫ މީދޫ އިން ބޮޑު ބިމެއް ދިން މައްސަލަ ކޮމިޓީއަށް

އައްޑޫ ސިޓީ މީދޫގެ ބޮޑު ބިމެއް، ގާނޫނާ ހިލާފަށް އަމިއްލަ މީހަކަށް ދޫކޮށްލި ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް މައްސަަލައެއް ހުށަހަޅައިފި އެވެ.

އަމިއްލަ މެންބަރެއް ކަމަށްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަޙްމާން މިއަދު ހުށަހެޅުއްްވި މައްސަލައިގައި ތުހުމަތު ކުރައްވާފައި ވަނީ، އެ ބިން ދޫކޮށްފައި ވަނީ އެއްބަސްވުމެއްވެސް ނެތި ކަމަށެވެ.

ސަންވިލް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް އައްޑޫ މީދޫ ޓޫރިޒަމް ޒޯނުން ދޫކޮށްފައިވަނީ 17،000 އަކަފޫޓުގެ ބިމެއް ކަމަށާއި އެ ބިން ދޫކޮށްފައިވަނީ އާއްމުކޮށް އިއުލާނު ކުރުމެއް ނެތި ކަމަށްވެސް ބުނެފައި ވެއެވެ.

އެ ކުންފުންޏާ ހަވާލުކުރީ ހަމަ އެ ކުންފުނީގެ ހިއްސާދާރުންގެ މަސްލަހަތު އޮންނަ އެެހެން ދެ ކުންފުންޏެއް ހިމެނޭހެން، ތިން ކުންފުންޏަކަށް ދޫކޮށްފައިވާ ތިން ސްލޮޓެއް އެެއްކޮށްލައި އެއް ބިމެއްގެ ގޮތުގައި ކަމަށްވެސް އަބްދުއްރަޙްމާން ތުުހުމަތު ކުރެއްވިއެވެ.

އޭނާ ވދާޅުވީ އާއްމުކޮށް ހުޅުވާނުލައި، ސަން ވިލްއަށް 17،000 އަކަފޫޓުގެ ބިމެއް ދޭން ސިޓީ ކައުންސިލުން އެއްބަސްވުން ހެދުމަށް ފަހު އެ ކުންފުންޏާ ހަވާލުކުރީ އެއަށްވުރެވެސް ބޮޑު ބިމެއް ކަމަށެވެ.

"ޕްލޮޓް ނަންބަރު ސީ4، ސީ5، ބީ1 އެއްކޮށްލައިގެން އެއް ސްލޮޓެއް ގޮތަށް ހަދައި އަލުން ސަންވިލް ޕްރައިވެޓް ލިމިޓެޑަށް ދިން ނަމަވެސް ޖުމްލަ ސައިޒް 17،000 އަކަފޫޓަށް ވުރެ ބޮޑުނުވާނެ. ނަމަވެސް ސާވޭކޮށް ސަންވިލް އަށް ބިން ހަވާލުކުރިއިރު، ޖުމްލަ 64،583 އަކަފޫޓު ނުވަތަ 6،000 އަކަމީޓަރުގެ ބިން، އައްޑޫ ސިޓީ ކައުންސިލުން ވަނީ އެއްވެސް އިއުލާނު ކުރުމެއް ނެތި ދީފައި،"  އަބްދުއްރަޙްމާން ވިދާޅުވިއެވެ.

އެއް ބިމެއްގެ ގޮތުގައި ފަހުން ދޫކުރި ތިން ބިން ފުރަތަމަ ދޫކުރީ ސަންވިލްގެ އިތުރުން ރެއިން ޕްރައިވެޓް ލިމިޓެޑް ނަމަކަަށް ކިޔާ ކުންފުންޏަކާއި ފެހިމޫ ހޮޓެލްސް ޕްރައިވެޓް ލިމިޓެޑް ނަަމަކަށް ކިޔާ ފުންޏަކަށް ކަމަށެވެ. އެެހެންކަމުން ކައުންސިލުން ރަސްމީ ވަޒީފާގައި އެސްޖީއަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށް، މޭޔަރު އަލީ ނިޒާރާ ގުޅިގެން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެސްޖީގެ އާއިލީ މަސްލަހަތު ހިމެނޭ ކުންޏަކަށް ގަވާއިދާ ހިލާފަށް މީދޫ ޓޫރިޒަމް ޒޯނުގެ ބޮޑު ސަރަހައްދެއް މިވަނީ 50 އަހަރުގެ މުއްދަތަށް ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *