ގާބިލު މީހުން ނެތިއްޔާ ބަރުލަމާނީ ނިޒާމުވެސް ނާކާމިޔާބުވާނެ: ފަޒްނާ

ގާބިލު މީހުން ނެތިއްޔާ ބަރުލަމާނީ ނިޒާމުވެސް ނާކާމިޔާބުވާނެ: ފަޒްނާ

ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރި ނަމަވެސް ގާބިލް މީހުން މަގާމުތަކަށް އައްޔަން ނުކުރާނަމަ އެ ނިޒާމު ފެއިލް ވެގެންދާނެ ކަމަށް ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

ފަޒްނާ އެގޮތަށް ވިދާޅުވީ، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު، ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވައި ކުރެއްވި ޕޯސްޓެއް ޝެއާރ ކުރައްވާފައެވެ.

އަމްރު ވިދާޅުވެފައި ވަނީ ހެޔޮވެރިކަމެއް ރާއްޖޭގައި ހިންގުމަށްޓަކައި މިހާރު އޮތް ރިޔާސީ ނިޒާމު ބަދަލުކޮށް، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަންޖެހޭ ކަމަށެވެ.

ނަމަވެސް އަމްރުގެ އެ ވާހަކައަށް މެޑަމް ފަޒްނާ ވިދާޅުވީ ވެރިކަމުގެ ނިޒާމަކަށް ބަދަލު ގެނެސްގެން ހުރިހާ ކަމެއް ރަނގަޅު ނުވާނެ ކަމަށެވެ. ޚާއްސަކޮށް، ގާބިލު އަދި އަޚުލާގީ ލީޑަރުން ނެތިއްޔާ، ކިތަންމެ ރަނގަޅަށް ފަރުމާކޮށްފައިވާ ނިޒާމެއް ނަމަވެސް ނާކާމިޔާބު ވެދާނެ ކަމަށް ފަޒްނާ ވިދާޅުވި އެވެ.

ފަޒްނާ ވިދާޅުވީ، އާންމުކޮށް ގިނަ ބަޔަކު ދެކޭގޮތުގައި ރަނގަޅު ނިޒާމެއް، މިސާލަކަށް ޕާލިމެންޓަރީ ނިޒާމެއް އޮވެއްޖެނަމަ، ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށެވެ.

"ވަރުގަދަ ނިޒާމު ތަކަކީ މުހިންމު އެއްޗެއް ކަމަށް އަހަރެންވެސް ގަބޫލު ކުރަމެވެ،" ފަޒްނާ ވިދާޅުވިއެވެ.

ނަމަވެސް  އެ ނިޒާމުތައް ހިންގާ މީހުންގެ ފެންވަރާއި ގާބިލުކަން ނިޒާމަށްވުރެ މަތިނުވާނެ ކަމަށް ފަޒްނާ ވިދާޅުވި އެވެ.  މީގެ މާނައަކީ، ވެރިކަމުގެ ނިޒާމު ކިތަންމެ ރަނގަޅަށް ފަރުމާކޮށްފައިވީ ނަމަވެސް، އެ ނިޒާމު ހިންގުމަށް ހަވާލުވެފައިވާ ފަރާތްތަކުގެ ގާބިލުކަމާއި ނަޒާހަތްތެރިކަން މުހިއްމުކަމެވެ.

ފަޒްނާ  މިވާހަކަ ދައްކަވާފައި ވަނީ، ރާއްޖޭގެ މިހާރު ރިޔާސީ ނިޒާމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމެއް ގެނައުމަށް ބައެއް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އޭނާ ވަނީ މިވާހަކަ ފަހުން މިސާލުތަކާއެކު އިތުރަށް ތަފްސީލުކޮށްދޭން ގަސްތުކުރާ ކަމަށް ވެސް ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ކަމަށް އެކަށީގެން ވާމީހުން ނުގެންނަންޏާ ކުރެވޭނެ އެއްވެސް ރަގަޅުކަމެއް ނޮއޮންނާނެ

Leave a Reply to ކޮރަކަލި Cancel reply

Your email address will not be published. Required fields are marked *