ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ވީއައިއޭއިން 4 މިލިއަން ދަތުރުވެރިންނަށް ހިދުމަތްދީފި

ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ވީއައިއޭއިން 4 މިލިއަން ދަތުރުވެރިންނަށް ހިދުމަތްދީފި

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން 4 މިލިއަނަށްވުރެ ގިނަ ދަތުރުވެރިންނަށް ހިދުމަތްދީފައިވާކަމަށް އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ބުނެފިއެވެ.

އެމްއޭސީއެލުން އާއްމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި 4,108,845 ދަތުރުވެރިންނަށް ހިދުމަތް ދެވުނުއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 4 އިންސައްތައިގެ އިތުރުވުމެކެވެ.

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ވީއައިއޭއިން ހިދުމަތް ހޯދި ދަތުރުވެރިންގެ ތެރެއިން ބައިނަލްއަޤްވާމީ ދަތުރުތައް ކުރި 2,669,969 ދަތުރުވެރިއަކަށް ހިދުމަތް ދިންއިރު، އެތެރޭގެ ދަތުރު، ކުރި އަދަދަކީ 579،079 އެވެ. އަދި މި މުއްދަތުގެ ތެރޭގައި ސީޕްލޭންގެ ދަތުރުތައް 859،797 ދަތުރުވެރިން ކޮށްފައިވާކަމަށް އެމްއޭސީއެލްގެ ހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ކުރި ވައިގެ ދަތުރުތަކުގެ ޖުމްލަ އަދަދު އުޅެނީ 124،665 ގައި އުޅޭއިރު މީގެ ތެރެއިން 17،614 އަކީ ބައިނަލްއަޤްވާމީ ދަތުރުތަކެވެ. އެތެރޭގެ ދަތުރުތަކުގެ އަދަދަކީ 14،110 އެވެ. މީގެ އިތުރުން ސީޕްލޭންތަކުެގ މޫވްމަންޓްސް ހުރީ 92،941 ގައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަކީ އެ އެއާޕޯޓްގެ ސައިޒުން ބަލާނަމަވެސް މި ސަރަހައްދުގައި އޮތް އެންމެ ބިޒީ އެއާޕޯޓެވެ. ވީއައިއޭގެ ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން އެ އެއާޕޯޓްގެ އައު ޓާމިނަލް ޖުލައިމަހުގެ 26 ވަނަ ދުވަހު ވަނީ ހުޅުވާފައެވެ. ވީއައިއޭގެ އައު ޓާމިނަލާއެކު އަހަރެއްގެ ތެރޭގައި 7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވިގެންދާނޭކަމަށް އެމްއޭސީއެލުން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *