ސޯލްޓް އެންޑް ސޭންޑްސް ޕްރައިވެޓް ލިމިޓެޑަށް 1.2 މިލިޔަން ރުފިޔާ ދައްކަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މައްޗަށް ސިވިލްކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ ސޯލްޓް އިން (ވެމްކޯ) އަށް ވިއްކާފައިވާ ތަކެއްޗަށް ދައްކަންޖެހި ނުދައްކާއޮތް 1.2 މިލިޔަން ރުފިޔާ އާއި އެ މައްސަލައިގައި ޝަރީއަތަން ކުރަން ޖެހުމުން ޝަރީއަތުގެ ހަރަދުގެ ގޮތިގައި ސޯލްޓް އިން ވަކީލަށް ހަރަދު ކުރަންޖެހުނު 50،000 ރުދިޔާއާއެކު ޖުމްލަ 1.3 މިލިޔަން ރުފިޔާ ވެމްކޯއިން ހޯދުމަށް ސޯލްޓް އިން ކުރި ދައުވާއެކެވެ.
މި މައްސަލައިގައި ކޯޓުގައި ވެމްކޯއިން ބުނެފައިވަނީ، ސޯލްޓަށް ދައްކަމްޖެހޭކަމަށް ދައުވާގައި ބުނެފައިވާ 1.2 މިލިޔަން ރުފިޔާގެ ތެެރެއިން 115،428 ރުފިޔާއަކީ ދައްކާފައިވާ ފައިސާއެއްކަމަށެވެ.
އެހެންކަމުން ސޯލްޓް އަށް ދައްކަންޖެހޭނީ އެފަރާތުން ހޯދަން އެދުނު 1،280،920 ރުފިޔާގެ ތެރެއިން 115،428 އުނިކުރުމަށްފަހު ބާކީ އޮންނަ 1.1 މިލިޔަން ރުފިޔާކަަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އެކަމާބެހޭ ލިޔެކިއުންތަކަށް ބަލައި، ވެމްކޯއިން ސޯލްޓްއަށް 115،428 ދައްކާފައިވާކަމަށް ސާބިތުވާތީ، ވެމްކޯއިން ދައްކަންޖެހޭ ފައިސާގެ އަދަދަކީ 1.1 މިލިޔަން ރުފިޔާކަަމށް ޝަރީއަތުން ކަނޑައެޅިއެވެ.
އެއާއެކު ޝަރީއަތުގެ ހަރަދުގެ ގޮތިގައި ސޯލްޓް އިން ވަކީލަށް ހަރަދު ކުރަންޖެހުނު 50،000 ރފުިޔާއާއެކު ޖުމްލަ 1.2 މިލިޔަން ފުރިޔާ 15 ދުވަހުގެ ތެރޭގައި ސޯލްޓް އަށް ދެއްކުމަށް ސިވިލްކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.